ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 15:45
ޖޯޖިއާގެ ކުރީގެ ބޮޑު ވަޒީރު (ކ) އާއި ޓީމުގެ ކުޅުންތެރިއެއް
ޖޯޖިއާގެ ކުރީގެ ބޮޑު ވަޒީރު (ކ) އާއި ޓީމުގެ ކުޅުންތެރިއެއް
ގޫގުލް
ޔޫރޯ 2024
ޖޯޖިއާ ޓީމަށް ކުރީގެ ބޮޑުވަޒީރު 8.4 މިލިއަން ޕައުންޑް ހަދިޔާކޮށްފި
ފޯބްސްއިން އަންދާޒާ ކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 3.87 މިލިއަން ޕައުންޑް ހުންނާނެ އެވެ. ގައުމީ ޓީމަށް އޭނާ ފައިސާ ދީފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަން އޭނާ ހެދި ފައުންޑޭޝަނުގެ ފަރާތުންނެވެ.

ޖޯޖިއާގެ ގައުމީ ފުޓްބޯޅަ ޓީމު ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ހޯދި ރަނގަޅު ނަތީޖާތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކުރީގެ ބޮޑު ވަޒީރު ބިޑްޒީނާ އިވަނިޝްވާލީ 8.4 މިލިއަން ޕައުންޑް ހަދިޔާކޮށްފި އެވެ.

ފްރާންސްގެ ކުރީގެ ޑިފެންޑަރު ވިލީ ސަންޔޯލް އިރުޝާދުދޭ ޓީމު ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ފާސްވެ ދެ ވަނަ ބުރުގައި ކުޅެފަ އެވެ. އެމީހުން ބަލިވީ ސްޕޭން އަތުންނެވެ.

2012 ވަނަ އަހަރުން ފެށިގެން 2013 އަށް ބޮޑުވަޒީރުކަން ކުރި އިވަނިޝްވާލީ އަކީ އަމިއްލަ އަށް ބޮޑުވަޒީރުކަން ދޫކޮށްލި ބޭފުޅެކެވެ. އޭނާ އަކީ ވެރިކަން ކުރާ ޕާޓީގެ ޗެއާމަން އަދި ނުފޫޒުގަދަ ބޭފުޅެކެވެ.

ފޯބްސްއިން އަންދާޒާ ކުރާ ގޮތުގައި އޭނާގެ މިލްކިއްޔާތުގައި 3.87 މިލިއަން ޕައުންޑް ހުންނާނެ އެވެ. ގައުމީ ޓީމަށް އޭނާ ފައިސާ ދީފައިވަނީ ހިލޭ ސާބަހަށް މަސައްކަތް ކުރަން އޭނާ ހެދި ފައުންޑޭޝަނުގެ ފަރާތުންނެވެ.

އިވަނިޝްވާލީ ނިންމާފައި އޮތީ ސްޕޭން އަތުން ޖޯޖިއާ މޮޅުވިނަމަ އިނާމް ފައިސާ ދެ ގުނަ ބޮޑު ކުރުމަށެވެ.

2.7 މިލިއަން މީހުން ދިރިއުޅޭ ޖޯޖިއާ އަކީ މީގެ ކުރިން ޔޫރޯ އައި ވޯލްޑްކަޕުގައި ވެސް ކުޅުނު ގައުމެއްނޫނެވެ. މި ފަހަރުގެ ޔޫރޯގައި އެގައުމު ދެ ވަނަ ބުރަށް ގޮސްފައިވާތީވެ އެ ގައުމުގައި ވަރަށް ބޮޑަށް ވަނީ އުފާފާޅުކޮށްފަ އެވެ. އަދި ޓީމު މިއަދު ގައުމަށް ދިއުމުންވެސް ހޫނު މަރުހަބާއެއްކިޔާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް