ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 21:01
އަރަބި ލީގް އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ
އަރަބި ލީގް އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ
ޕްރެސް ޓީވީ
ހިޒްބުﷲ ޖަމާއަތް
ހިޒްބުﷲ އަރަބި ލީގުގެ ޓެރަރިސްޓް ލިސްޓުން ނަގައިފި
2016 ވަނަ އަހަރު ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި އިރު އަރަބި ލީގުން ބުނެފައިވަނީ، އެ ޖަމާއަތަކީ ހަރުކަށި ފިކުރު ކުރިއަރުވާ، ދީނީ ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ޖަމާއަތެއް ކަމުގައެވެ.

ރަބި ލީގުން ހިޒްބުﷲ ޖަމާއަތުގެ ނަން ޓެރަރިސްޓް ލިސްޓުން އުނިކުރަން ނިންމައިފިއެވެ.

އަރަބި ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ ހޮނިހިރު ދުވަހު ވިދާޅުވީ، ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ލޭބަލް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެ ޖަމާއަތުގެ މެމްބަރުން ނިންމާފައިވާ ކަމަށެވެ.

މީގެ ކުރިން އަރަބި ލީގުގެ ނިންމުން ތަކުގައި އަދި އެހެނިހެން ލިޔެކިޔުން ތަކުގައި ހިޒްބުﷲ އަށް ނިސްބަތްކޮށް މުޅިންވެސް ހުންނަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަން ފާހަގަ ކުރެވެއެވެ.

2016 ވަނަ އަހަރު ހިޒްބުﷲ އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅި އިރު އަރަބި ލީގުން ބުނެފައިވަނީ، އެ ޖަމާއަތަކީ ހަރުކަށި ފިކުރު ކުރިއަރުވާ، ދީނީ ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ޖަމާއަތެއް ކަމުގައެވެ. އޭގެ އިތުރުން އެއީ އެހެން ގައުމު ތަކުގެ ދާޚިލީ ކަންކަމާ ބެހޭ ޖަމާއަތެއް ކަމަށް ވެސް ބުނެފައިވެއެވެ.

އަރަބި ގައުމު ތަކުގެ މި ނިންމުމާ އޭރު ދެކޮޅު ހެދީ ލުބުނާނުންނާއި އިރާގުންނެވެ.

ލެބާނާންގެ މީޑިއާ އިން ބުނެފައިވާ ގޮތުގައި އަރަބި ލީގުގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއި ހިޒްބުﷲ ގެ އިސް އޮފިޝަލުން ހުކުރު ދުވަހު ވަނީ ބެއިރޫތު ގައި ބައްދަލު ކުރައްވާފައެވެ.

މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ހިޒްބުﷲ އާއި އަރަބި ލީގް މެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމެވެ.

ހިޒްބުﷲ އިން ވަނީ އިޒްރޭލާ ކުރިމަތިލާ 2000 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ހަނގުރާމަ ކޮށްފައެވެ. މި ދެ ފަހަރު ވެސް އިޒްރޭލަށް ޖެހުނީ ފަހަތައް ޖެހޭށެވެ.

- ކޮމެންޓް