ކ. މާލެ
|
30 ޖޫން 2024 | އާދީއްތަ 14:17
އޮފިޝަލުން ބުނާ ގޮތުގައި، ރަޝިއާ އިން ޔުކްރެއިން އަށް ދިން މިސައިލް ހަމަލާގައި 7 މީހުން ވަނީ މަރުވެފައި
އޮފިޝަލުން ބުނާ ގޮތުގައި، ރަޝިއާ އިން ޔުކްރެއިން އަށް ދިން މިސައިލް ހަމަލާގައި 7 މީހުން ވަނީ މަރުވެފައި
އީޕީއޭ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ރަޝިއާ އިން ޔޫކްރެއިންގެ ވިލްނާންސްކް ސިޓީ އަށް ދިން ހަމަލާގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

ރަޝިއާ އިން ޔުކްރެއިންގައި ކުރާ ހަނގުރާމައިގައި، ޔޫކްރެއިނަށް ދިގު ރާސްތާ ހަތިޔާރު ބޭނުންވާ ކަމަށް ޔުކްރެއިންގެ ރައީސް ދައްކަވާ ވާހަކަ ފުޅު އަނެއްކާ ވެސް ތަކުރާރު ކުރައްވައިފިއެވެ.

ޒެލެންސްކީ މި ވާހަކަފުޅު ތަކުރާރު ކުރެއްވީ، ރަޝިއާ އިން ޔުކްރެއިން އަށް ދިން މިސައިލް ހަމަލާ އެއްގައި ކުޑަ ދެކުދިން ހިމެނޭ ގޮތުން 7 މީހުން މަރުވުމާ ގުޅިގެންނެވެ.

ޔޫކްރެއިންގެ ވިލްނާންސްކް ޓައުނަށް ރަޝިއާ އިން މި ދިން ހަމަލާގައި 31 މީހުން ޒަޚަމްވެފައިވެއެވެ.

ރޮއިޓާސް އިން އާދިއްތަ ދުވަހު ބުނެފައިވަނީ، މި ހަމަލާގައި ޖުމްލަ 11 މީހުން މަރުވެފައިވާ ކަމަށެވެ. އަދި 37 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

"ރަޝިއާގެ ހަމަލާތަކުގައި އަހަރެމެންގެ ސިޓީތަކަށް ގެއްލުންވެ، އާއްމުންނަށް މި ދަނީ އަނިޔާވަމުން." ޓެލެގްރާމް ޕޯސްޓެއްގައި ޒެލެންސްކީ ލިޔުއްވާފައިވެއެވެ.

ޒެލެންސްކީ އިތުރަށް ވިދާޅުވެފައިވަނީ އެހެން ވިޔަސް މިކަމުން ސަލާމަތް ވެވޭނެ ގޮތް އެބަ އޮތް ކަމަށެވެ.

ރަޝިއާގެ މިސައިލް ލޯންޗަރ ތައް ނައްތާލައި، ދިގު ރާސްތާގެ ހަތިޔާރުން ރަޝިއާ އަށް ހަމަލާދީ، ޒަމާނީ އެއަރ ޑިފެންސް ނިޒާމް ތައް ޔޫކްރެއިން ގައި އިތުރު ކުރެވިއްޖެ ނަމަ މި ހަމާލާތައް ރަޝިއާ އަށް ނުދެވޭނެ ކަމަށް ޒެލެންސްކީ ވިދާޅުވެފައިވެއެވެ.

ޔޫކްރެއިންގެ ޕްރޮސެކިއުޓަރ ޖެނެރަލް އެންޑްރީ ކޮސްޓިން އަށް ހަވާލާދީ ބީބީސީ އިން ބުނެފައިވަނީ، ރަޝިއާ އިން ދިން މި ހަމަލާގައި ވިލްނާންސްކް އަށް ދެ މިސައިލް އެރި ކަމަށާއި، މި ހަމަލާގެ ސަބަބުން ސިޓީގެ އިންފްރާސްޓްރަކްޗަރ އަށް ގެއްލުންވެ އާއްމުންގެ ބައެއް އިމާރާތްތައް ހަލާކުވެފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް