ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާ އިން ހަމަލާ ދީފި ކަމަށް އެ ގައުމުން ބުރާސްފަތި ދުވަހު ބުނެފިއެވެ.
ރަޝިއާގެ ދިފާއީ ވުޒާރާ އިން ބުނީ އެ ތަންތަނަކީ ހަނގުރާމައިގައި ބޭނުން ކުރަން ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންނަށް ދޭ ބޯޓުފަހަރު ބޭނުން ކުރުމަށް ޚާއްސަ ކޮށްފައިވާ ތަންތަން ކަމަށެވެ.
ހަމަލާގައި މިސައިލް އާއި ޑްރޯން ބޭނުން ކުރި ކަމަށް ރަޝިއާ އިން ބުނެފައި ވެއެވެ.
ދިފާއީ ވުޒާރާ އިން ބުނީ ކަނޑައެޅި ހުރިހާ ޓާގެޓްތަކަށް ހަމަލާތައް ވާސިލްވި ކަމަށެވެ. އެހެން ނަމަވެސް ހަމަލާދިން ތަންތަނުގެ ތަފްސީލެއް ރަޝިއާ އިން ހާމަ ކޮށްފައެއް ނުވެއެވެ.