ކ. މާލެ
|
26 ޖޫން 2024 | ބުދަ 16:02
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑު ވަޒީރު މާކް ރަޓާ އައްޔަން ކުރުމަށް ނިންމުން
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑު ވަޒީރު މާކް ރަޓާ އައްޔަން ކުރުމަށް ނިންމުން
ރޮއިޓާސް
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލް
ނޭޓޯގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑުވަޒީރު މާކް ރަޓާ
14 އަހަރު ނެދަރލޭންޑްސްގެ ބޮޑުވަޒީރު ކަން ކުރެއްވުމަށް ފަހު ރަޓާ ވަނީ އެ ގައުމުގެ ސިޔާސީ މަސައްކަތާ ދުރައް ވަޑައިގަތުމަށް ނިންމަވާއެވެ.

ނޯތް އެޓްލާންޓިކް ޓްރީޓީ (ނޭޓޯ) ގެ އައު ސެކްރެޓަރީ ޖެނެރަލަކަށް ޑަޗް ބޮޑު ވަޒީރު މާކް ރަޓާ އައްޔަން ކުރުމަށް ނިންމައިފިއެވެ.

ރަޓާ މި މުހިންމު މަގާމަށް އައްޔަން ކުރުމަށް ނިންމީ، އޭނާ އާ ވާދަކުރެއްވި ހަމަ އެކަނި ކެންޑިޑޭޓް ރޫމޭނިއާގެ ރައީސް ކްލައޮސް ޔޮހާނިސް އަށް އެކަށީގެންވާ ތާއީދު ނުހޯއްދެވުމުގެ ސަބަބުން ރޭސް ދޫކޮށްލެވުމުންނެވެ.

"ޖެންސް ސްޓޮލްޓެންބަރގް އަށް ފަހު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ޑަޗް ބޮޑު ވަޒީރު މާކް ރަޓާ އައްޔަން ކުރުމަށް ނޯތް އެޓްލާންޓިކް ކައުންސިލް އިން ނިންމައިފިން." ނޭޓޯ އިން ބުދަ ދުވަހު އާއްމު ކުރި ބަޔާނެއްގައި ވެއެވެ.

"ރަޓާ ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު ފައްޓަވާނީ 1 އޮކްޓޯބަރ 2024 ގައި، ސްޓޮލްޓެންބަރގް އެލަޔަންސްގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަގާމުގައި 10 އަހަރު ޚިދުމަތް ކުރެއްވުމަށް ފަހު އޭނާގެ ދައުރު ހަމަވާ ތާރީޚުން ފެށިގެން." ނޭޓޯ އިން ބުނެފައިވެއެވެ.

ރަޓާ ވަނީ މި މަގާމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަން ހުސްވި އަހަރު އިއުލާން ކުރައްވާ ނޭޓޯގެ މުހިންމު ބައިވެރިން ކަމަށްވާ އެމެރިކާ އާއި އިނގިރޭސި ވިލާތާއި، ފްރާންސް އަދި ޖަރުމަނުގެ ތާއީދު ހޯއްދަވާފައެވެ.

ރަޓާ އަކީ ރަޝިއާގެ ރައީސް ޕުޓިން އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ އަދި ޔޫކްރެއިނަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ފަރާތެކެވެ.

ނޭޓޯ އަކީ އެ ޖަމާއަތުގެ ނިންމުންތައް ހުރިހާ ބައިވެރިންގެ އެއްބަސްވުމާއެކު ނިންމާ ޖަމާއަތެއް ކަމަށްވުމާއެކު، ރަސްމީ ކޮށް މި މަގާމަށް، 14 އަހަރަށް ފަހު ނެދަރލޭންޑްސްގެ ބޮޑުވަޒީރު ކަމުން ވަކިވެ ވަޑައިގަންނަވާ، ރަޓާ އައްޔަން ކުރާނީ ނޭޓޯ ގައި ހިމެނޭ 32 ގައުމުގެ ތާއީދާ އެކުގައެވެ.

- ކޮމެންޓް