ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 22:07
ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި
ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި
މާލޭ ސިޓީ ކައުންސިލް
މިސްކިތެއްގައި ރޯކޮށްލަން އުޅުން
ޖަމީލު ދީދީ މިސްކިތުގައި ރޯކޮށްލަން އުޅެފި
މިސްކިތްތަކުގެ ކަރާމާތް ނަގާލާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ސިޓީ ކައުންސިލުން ބުނޭ

މާލޭގައި ހުންނަ ޖަމީލު ދީދީ މިސްކިތުގައި ރޯކޮށްލަން އުޅެފި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

އާދިއްތަ ދުވަހުގެ ރޭ ސިޓީ ކައުންސިލުން "އެކްސް" ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ޖަމީލްދީދީ މިސްކިތުގެ ތަޅުގައި އަލިފާން ރޯކުރަން މަސައްކަތް ކޮށްފައި" ހުރި ކަމަށެވެ.

މީގެ ކުރިންވެސް ސިޓީ ކައުންސިލުންވަނީ މިސްކިތްތަކުން ވައްކަން ކުރުމާއި، މިސްކިތްތަކަށް ގެއްލުން ދިނުމުގެ މައްސަލަ އިތުރުވަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އާންމުންގެ ސަމާލުކަމަށް އެކަން ގެނެސް އަދި މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައެވެ.

މިސްކިތްތަކުން ވައްކަންކޮށް ތަކެއްޗަށް ގެއްލުންދީ މިސްކިތުގެ ކަރާމާތް ނަގާލުމަށް މަސައްކަތްކުރާ ފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ.
ސިޓީ ކައުންސިލް

މާލޭގައި އެކި ބާވަތުގެ ކުށްކުރުން ވަރަށް ބޮޑަށް އިތުރުވެ އެކަންކަން ހައްލު ކުރަން ކަމާ ބެހޭ ފަރާތްތަކުން އެކަށީގެންވާ މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް