ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 04:33
ރެކޯޑް ތަކުން އެނގޭ ގޮތުގައި މިހާތަނަށް ހޫތީން ވަނީ މަދުވެގެން 60 ހަމަލާ ބޯޓު ފަހަރަށް އަމާޒު ކޮށް ދީފަ
ރެކޯޑް ތަކުން އެނގޭ ގޮތުގައި މިހާތަނަށް ހޫތީން ވަނީ މަދުވެގެން 60 ހަމަލާ ބޯޓު ފަހަރަށް އަމާޒު ކޮށް ދީފަ
ރޮއިޓާސް
އެމެރިކާގެ ބޯޓަކަށް ހޫތީން ހަމަލާ ދިނުން
އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އަކަށް ޔަމަނުގެ ހޫތީން ހަމަލާ ދީފި
ހޫތީން ހޮނިހިރު ދުވަހު ދިން ބަޔާނުގައި ބުނީ ޓްރާންސްވޯލްޑް ނެވިގޭޓަރ އަށް ދިން މިސައިލް ހަމަލާ ސީދާ ބޯޓަށް އަމާޒުވި ކަމަށެވެ. އަދި އެއިސެންހޯވަރ އަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި ކަމަށް ބުނެފައިވާ އިރު މި ހަމަލާގެ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވޭ.

ރަތް ކަނޑުގައި އޮތް އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ އެއިސެންހޯވަރ އަށް ޔަމަނުގެ ހޫތީން ހަމަލާ ދީފި ކަމަށް އެ ޖަމާއަތުން ހޮނިހިރު ދުވަހު ބުނެފިއެވެ.

އޭގެ އިތުރުން އެރޭބިއަން ކަނޑުގައި އޮތް ޓްރާންސްވޯލްޑް ނެވިގޭޓަރ ކިޔާ ބޯޓަކަށް ވެސް ހަމަލާ ދިން ކަމަށް ހޫތީން ބުނެފައިވެއެވެ.

ހޫތީން ހޮނިހިރު ދުވަހު ދިން ބަޔާނުގައި ބުނީ ޓްރާންސްވޯލްޑް ނެވިގޭޓަރ އަށް ދިން މިސައިލް ހަމަލާ ސީދާ ބޯޓަށް އަމާޒުވި ކަމަށެވެ. އަދި އެއިސެންހޯވަރ އަށް ދިން ހަމަލާގެ މަގްސަދު ހާސިލްވި ކަމަށް ބުނެފައިވާ އިރު މި ހަމަލާގެ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ހޮނިހިރު ދުވަހުގެ ހޫތީން ކަނޑު ބޯޓު ފަހަރަށް ދެމުންދާ ހަމަލާތަކުގެ އިތުރު މައުލޫމާތު ހާމަ ކުރި އިރު، މި ހަފްތާގެ ތެރޭގައި ޓިއުޓަރ ކިޔާ އާގު ބޯޓަކަށް ދިން ހަމަލާގެ ސަބަބުން އެ ބޯޓު ވަނީ ފެތިފައެވެ.

އަނެއް ކޮޅުން ރަތް ކަނޑުގައި އޮތް އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫއެސްއެސް ޑުވައިޓް ޑީ. އެއިސެންހޯވަރ އެނބުރި ގައުމަށް އައުމަށް އެމެރިކާއިން އަންގައިފި ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ. މި އެއަރކްރާފްޓް ކެރިއަރ އަކީ ހޫތީންގެ ހަމަލާތަކަށް އެމެރިކާ އިން ރައްދު ހަމަލާތައް ދިނުމަށް އެ ސަރަހައްދުގައި ބޭނުން ކުރި އެންމެ މުހިންމު އުޅަނދުކަން ފާހަގަ ކުރެވެއެވެ.

ހުތީން ހުކުރު ދުވަހުގެ ހަވީރު ހަމަލާ ދިން ބޯޓުގެ ކެޕްޓަނާ ހަވާލާދީ އިނގިރޭސި އަސްކަރިއްޔާގެ ޔުނައިޓެޑް ކިންގޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް ސެންޓަރުން ބުނީ ބޯޓު ކައިރިން ގޮވުންތަކެއްގެ މަންޒަރު ފެނިފައިވާ ކަމަށެވެ. އަދި ބޯޓުގެ ފަޅުވެރިއަކަށް ގެއްލުމެއް ނުލިބޭ ކަމަށާއި، ބޯޓު ދަތުރު ކުރަމުން ދަނީ ދެން ދާން އޮތް މަންޒިލާ ދިމާލަށް ކަމަށެވެ. ހޫތީންގެ ހަމާލާގެ ސަބަބުން ބޯޓަށް ގެއްލުމެއް ލިބުނު ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

2014 ވަނަ އަހަރުން ފެށިގެން ޔަމަނުގެ ވެރިރަށް ސަނާ ކޮންޓްރޯލް ކުރަމުން އަންނަ ހޫތީން، ގާޒާ ގައި އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ހަނގުރާމަ އަށް ރައްދު ދިނުމުގެ ގޮތުން ހިންގާ ކަމެއްގެ ގޮތުގައި ބުނެ އިޒްރޭލާއި އެމެރިކާ އާ ގުޅުން ހުރި ކަނޑު ބޯޓު ފަހަރަށް ހަމަލާ ދެމުން އަންނަތާ އެތައް ދުވަހެއް ފާއިތުވެފައި ވާއިރު ހޫތީންގެ ހަމަލާ ތަކުން ބޯޓު ފަހަރަށް ލިބޭ ގެއްލުމުގެ މައުލޫމާތު ހޫތީންނާ ހަމަ އަށް ލިބުމަށް ވަގުތުތަކެއް ނަގާކަން ފާހަގަ ކުރެވެއެވެ.

ރެކޯޑް ތަކުން އެނގޭ ގޮތުގައި މިހާތަނަށް ހޫތީން ވަނީ މަދުވެގެން 60 ހަމަލާ ބޯޓު ފަހަރަށް އަމާޒު ކޮށް ދީފައެވެ. މި ހަމަލާ ތަކުގައި ބޯޓު ފަހަރުން 4 މީހަކު މަރުވެފައިވެއެވެ.

ނޮވެމްބަރު މަހުގެ ފަހުން ހޫތީން ވަނީ އެއްބޯޓު އަތުލައިގަނެ ދެ ބޯޓު ފައްތާލައިފައި ވެއެވެ.

ހޫތީންގެ ހަމަލާ ތަކަށް ބަދަލު ހިފުމުގެ ގޮތުން އެމެރިކާ އިން އިސްވެ ވައިގެ މަގުން ހޫތީންގެ ޓާގެޓް ތަކަށް މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަންނަނީ ހަމަލާތައް ދެމުންނެވެ. މި ހަމަލާ ތަކުގައި އެ ޖަމާއަތުގެ 16 މީހުން މަރުވެ 42 މީހުން ޒަޚަމްވެފައިވާ ކަމަށް ހޫތީން ބުނެފައިވެއެވެ.

ހޫތީންގެ ހަމަލާ އެއްގައި ރަތް ކަނޑުގައި ފެތުނު ފުރަތަމަ ބޯޓަކީ ބެލީޒްގެ ދިދައިގެ ދަށުން ދަތުރު ކުރި ރޫބީމާރު ކިޔާ ބޯޓެކެވެ. މާޗު މަހު ހިނގި މި ހާދިސާގައި ބޯޓު ފެތުނީ ހަމަލާގެ ސަބަބުން ބޯޓު ފޫގޮސް ދިޔަވެގެން ކަމަށް ޚަބަރުތައް ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް