ކ. މާލެ
|
10 އޯގަސްޓް 2017 | ބުރާސްފަތި 16:46
ކޮސްޓާ އަދި ކޭހިލް: ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
ކޮސްޓާ އަދި ކޭހިލް: ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ
އޭއެފްޕީ
ކުޅިވަރު
ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ ކެޕްޓަން ކޭހިލް ބުނެފި
ކޮސޓާ އަކީ ޗެލްސީގެ ކުރީގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެއް
ނިމިގެން ދިޔަ ސީޒަނުގައި ޗެލްސީން ލީގު ހޯދިއިރު ކޮސްޓާގެ ދައުރު ބޮޑު

ޗެލްސީގެ ކޯޗް ކޮންޓޭއާ މައްސަލަ ޖެހި ޓީމުން މިވަގުތު ބާކީވެފައިވާ ޗެލްސީގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ނެތްތަން ފޫ ނުބެއްދޭނެ ކަމަށް ޗެލްސީގެ އާ ކެޕްޓަން ގެރީ ކޭހިލް ބުނެފި އެވެ.

މީޑިއާއާ ވާހަކަ ދައްކަމުން ކޭހިލް ބުނީ ކޮސްޓާއަކީ ޓީމުން ބާކީ ކޮށްލެވޭވަރުގެ ކުޅުންތެރިއެއް ނޫން ކަމަށާއި އޭނާ ނެތްތަން ޓީމުން ވަރަށް ބޮޑަށް ދައްކާނެ ކަމަށެވެ.

ކޭހިލްއަކީ ތަޖުރިބާކާރު ހުނަރުވެރި ގޯލާ ރައްޓެހި ކުޅުންތެރިއެއް ކަމަށާއި ކޯސްޓާގެ މަގާމު ފޫބައްދަން ގެނެސްފައިވާ އަލްވާރޯ މޮރާޓާ އަކީ ތަޖުރިބާގެ ގޮތުން ކޮސްޓާއަށް ވުރެ ހަގު އަދި ޖޫނިއަރ ކުޅުންތެރިއެއް  ކަމަށް ވެސް ކޭހިލް ވަނީ ބުނެފައެވެ.

ކޮސްޓާ އަކީ މޮޅު ފޯވާޑެއް. އޭނާ ގޯލާ ރައްޓިހިވާނެ. ލަނޑު ޖަހާނެ. އޭނާ ނެއްތަން ފޫބައްދަން ވަރަށް އުނދަގޫވާނެ. މޮރާޓާ އަކީވެސް މޮޅު ކުޅުންތެރިއެއް އެހެން ނަމަވެސް ކޮސްޓާއާ އެއްވަރަށް ގޯލް ޖެހުމުގައި ތަޖުރިބާ މަދު." ކޭހިލް ބުންޏެވެ.

ކޮސްޓާގެ މަގާމަށް ފިޓުވަން މޮރާޓާއަށް ވަރަށް ވަގުތު ނަގާނެ ކަމަށާއި އެހެން ނަމަވެސް އެކަމަކީ ނުވާނެ ކަމެއް ކަމަށް ބުނަން ބޭނުން ނުވާކަމަށްވެސް ކޭހިލް ވަނީ ބުނެފައެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެލްސީން ކާމިޔާބުކުރިއިރު އެޓީމުގައި މުހިއްމު ދައުރެއް އަދާކުރި ކޮސްޓާ ބޭނުންނުވާ ކަމަށް އެންޓޯނިއޯ ކޮންޓޭ މީޑިއާގައި ހާމަކޮށްފައިވާއިރު، އަލްވާރޯ މޮރާޓާ ގެނައީ ކޮސްޓާގެ ނެއްތަން ފޫބެއްދުމަށް ކަމަށް ކޮންޓޭ ވެސް ވަނީ ބުނެފައެވެ.

ރިޕޯޓްތައް ބުނާގޮތުން ކޮސްޓާ ވެސް މިހާރު ޗެލްސީގައި މަޑުކުރަން ބޭނުމެއް ނުވެއެވެ. އެހެން ކަމުން އޭނާ މިހާރު ބޭނުންވަނީ އޭނާގެ ކުރީގެ ކުލަބު އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށެވެ. އެހެން ނަމަވެސް ފީފާ އިން އެ ޓީމަށް ދީފައިވާ އަދަބަކާ ގުޅިގެން އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

ކޮސްޓާ ޓީމުން ބާކީ ކޮށްފައިވާއިރު ޗެލްސީގެ ޑިފެންސިވް މިޑްފީލްޑްގައި މުހިންމު ދައުރެއް އަދާ ކުރަމުންގެންދިޔަ ނެމަންޔާ މަޓިޗް ވެސް ވަނީ މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލާފައެވެ.

 އޭގެ  ބަދަލުގައި ކޮންޓޭ ވަނީ ފްރާންސުގެ މޮނާކޯއަށް ކުޅެމުންއައި ޓިމް ބަކަޔޯކޯ  ގެނެސްފައެވެ. އަދި އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އައި ޖަރުމަން ޑިފެންޑަރ ރުޑީގާ ވެސްވަނީ ގެނެސްފައެވެ.

- ކޮމެންޓް