ކ. މާލެ
|
20 ޖޫން 2024 | ބުރާސްފަތި 00:33
ލުބުނާނުގެ ހިޒްބުاللهގެ ލީޑަރު ހަސަން ނަޞްރުﷲ ތާލިބު އަބްދުالله ޓީވީ މެދުވެރިކޮށް ގެނެސްދެއްވި ތަގުރީރުގައި ވާހަކަ ދައްކަވަނީ
ލުބުނާނުގެ ހިޒްބުاللهގެ ލީޑަރު ހަސަން ނަޞްރުﷲ ތާލިބު އަބްދުالله ޓީވީ މެދުވެރިކޮށް ގެނެސްދެއްވި ތަގުރީރުގައި ވާހަކަ ދައްކަވަނީ
ރޮއިޓާސް
އިޒްރޭލާ ލުބްނާންގެ ގުޅުން
ހިޒްބުﷲ ގެ އިންޒާރު އިޒްރޭލަށް – ހަނގުރާމަ ފަށައިފި ނަމަ އިޒްރޭލުގެ އެއްވެސް ތަނެއް ސަލާމަތެއް ނުވާނެ
ނަސްރުالله ވިދާޅުވީ ހަމަލާ ފަށައިފި ނަމަ ރޮކެޓުތަކުން ސަލާމަތެއް ނުވާނެ ކަމަށް. ވައިގެ މަގުންނާއި، އެއްގަމު މަގުންނާއި، ކަނޑުގެ މަގުން އަންނާނެ ކަން އިޒްރޭލަށް އެނގެންވާނެ ކަމަށް.

ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހަނގުރާމަ ފަށައިފި ނަމަ އިޒްރޭލުގެ އެއްވެސް ތަނެއް ސަލާމަތް ނުވާނެ ކަމަށް ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ހާމަ ކޮށްފިއެވެ.

ނަސްރުﷲ ވަނީ ލުބުނާނަށް ހަމަލާ ދިނުމުގެ ސައިޕްރަސް ގެ ވައިގެ ބަނދަރުތައް ބޭނުން ކުރަން އިޒްރޭލަށް ނުދިނުމަށް އެ ގައުމަށް ގޮވާލައިފައެވެ.

ބުދަ ދުވަހުގެ ރޭ ޓީވީ މެދުވެރިކޮށް ނަސްރުﷲ ދިން ބަޔާނެއްގައި ބުނެފައިވަނީ އުނދަގޫ ހާލަތައް ވެސް ތައްޔާރުވެގެން ތިބިކަން ދުޝްމަނުންނަށް އެނގެންވާނެ ކަމަށެވެ.

ދުޝްމަނުންނަށް އެނގޭނެ އެންމެ އުނދަގޫ ހާލަތައް ވެސް އަހަރެމެން ތިބީ ތައްޔާރު ވެގެން ކަން، އެއްވެސް ތަނެއް.. އަހަރެމެންގެ ރޮކެޓުތަކުން ސަލާމަތެއް ނުވާނެ. ވައިގެ މަގުންނާއި، އެއްގަމު މަގުންނާއި، ކަނޑުގެ މަގުން އަހަރެމެން އަންނާނެ ކަން އިޒްރޭލަށް އެނގެންވާނެ.
ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ

ނަސްރުﷲ ގެ މި ބަޔާނަކީ އިޒްރޭލުގެ ޚާރިޖީ ވަޒީރު އިޒްރޭލް ކަޓްޒް، އެކީ އެކައްޗަކަށް ހަނގުރާމަ އަށް ގޮސް ހިޒްބުﷲ ނައްތާލާނެ ކަމަށް ހާމަ ކޮށްފައިވާތީ އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ދިން ބަޔާނެއް ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

ނަސްރުﷲ ބުނި ގޮތުގައި ސައިޕްރަސްގެ އެއަރޕޯޓްތަކާއި ބޭސް ތައް ލުބުނާނަށް ހަމަލާ ދިނުމަށް ހުޅުވާލުމަކީ ސައިޕްރަސް ސަރުކާރުން ހަނގުރާމައިގައި ބައިވެރިވުމެވެ. އެހެން ކަމުން ހިޒްބުﷲ އިން ސައިޕްރަސް އާ މެދު އަމަލު ކުރާނީ ހަނގުރާމައިގެ ބައިވެރި އެއްގެ ގޮތުން ކަމަށް ބުނެ ނަސްރުﷲ ވަނީ ސައިޕްރަސް އަށް އިންޒާރު ދީފައެވެ.

ހިޒްބުﷲ ޖަމާއަތުގެ ވެރިޔާ ހަސަން ނަސްރުﷲ ޓީވީ މެދުވެރިކޮށް ގެނެސްދެއްވި ބަޔާން - ރޮއިޓާސް

ސައިޕްރަސް އަކީ އިޒްރޭލް އާ ލެބަނަން އާ ދެ ގައުމަށް ވެސް ގުޅުން ރަނގަޅު ދެ ގައުމުގެ އަވައްޓެރި ގައުމެކެވެ.

ސައިޕްރަސްގެ އަސްކަރީ 2 ބޭސް އަކީ އިނގިރޭސި ވިލާތުގެ ކޮންޓްރޯލްގެ ދަށުގައި އެގައުމަށް މިނިވަންކަން 1960 ވަނަ އަހަރު ދިނުމުގެ ޝަރުތެއްގެ ގޮތުން އޮންނަ ތަންތަނެވެ.

ނަސްރުﷲ އިޒްރޭލަށް ދިން އިންޒާރުގައި އެ ޖަމާއަތުން ހަތިޔާރު ހޯދާފައި އެބަހުރި ކަމަށާޢި، ބައެއް ހަތިޔާރު އަމިއްލަ އަށް އުފައްދާފައި ހުރި ކަމަށްވެސް ބުނެފައިވެއެވެ.

"އަހަރު ތަކެއް ކުރިން އަހަރެމެން ވާހަކަ ދެއްކީ އެއްލައްކަ ހަނގުރާމަވެރިންގެ ވާހަކަ، މިހާރު އެ އަދަދު އެތައް ގުނައެއް މައްޗަށް ހިނގައްޖެ." ނަސްރުﷲ ގެ ބަޔާނުގައި ފާހަގަ ކުރިއެވެ.

Advertisement

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް