ކ. މާލެ
|
19 ޖޫން 2024 | ބުދަ 01:48
އަލްބޭނިއާގެ ސަޕޯޓަރުން
އަލްބޭނިއާގެ ސަޕޯޓަރުން
ގޫގުލް
ޔޫރޯ 2024
ސަޕޯޓަރުންނާ ހެދި އަލްބޭނިއާ ޖޫރިމަނާކޮށްފި
ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވަނީ 37370 ޔޫރޯ

ސަޕޯޓަރުންގެ އަމަލުތަކުގެ ސަބަބުން ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާއިން އަލްބޭނިއާގެ ފުޓްބޯޅަ ފެޑަރޭޝަން ޖޫރިމަނާކޮށްފި އެވެ.

މި ގޮތުން ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހިފައިވަނީ 37370 ޔޫރޯ އެވެ.

މިއީ އިޓަލީއާއެކު ކުޅުނު މެޗުގައި ހަވާދަނޑި ގޮއްވުމާއި ދަނޑަށް ތަކެތި އުކުމާއި މެޗަށް ހުރަސް އެޅޭފަދަ އަމަލުތައް ހިންގާފަވުމާއި މުބާރާތުގެ ބްރޯޑްކާސްޓިން ކަންކަމަށް އުނދަގޫވާ ގޮތަށް އަމަލުކޮށްފައިވާތީވެ ކޮށްފައިވާ ޖޫރިމަނާއެކެވެ.

މި ގޮތުން ހަވާ ދަނޑި ގޮއްވުމުން ވަނީ 10000 ޔޫރޯއިން ޖޫރިމަނާކޮށްފަ އެވެ. ދަނޑަށް ފުޅި އާއި ދިދަ ފަދަ ތަކެތި އުކުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވަނީ 12375 ޔޫރޯއިންނެވެ. އަދި ދަނޑަށް ވަދެނިކުމެ ހެދުމަށް އުނދަގޫވާ ގޮތަށް ސަޕޯޓަރުން އަމަލުކުރުމުގެ ސަބަބުން 5000 ޔޫރޯއިން ޖޫރިމަނާކޮށްފައިވާއިރު މުބާރާތުގެ ބްރޯޑްކާސްޓިން ގަވައިދާ ހިލާފަށް އެކަށީގެންނުވާ މެސެޖްތައް ޓީޝާޓާއި ދިދަ ފަދަ ތަކެތީގައި ޖަހައި ޓީވީ އަށް ފެންނަ ގޮތަކަށް ހެދުމުގެ ސަބަބުން 10000 ޔޫރޯއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޔޫއޭފާއިން އަންގާފައިވަނީ މި ޖޫރިމަނާތައް 90 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. ނަމަވެސް އަލްބޭނިއާ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ މި ޖޫރިމަނާ އިސްތިއުނާފުކޮށް، ސަޕޯޓަރުން މިއަށްވުރެ ޒިންމާދާރުވުމަށް ގޮވާލައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް