ކ. މާލެ
|
14 ޖޫން 2024 | ހުކުރު 11:39
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން
ޖަރުމަނުގެ ކޯޗު ހޫލިއަން ނާގެލްސްމަން
ގޫގުލް
ޔޫރޯ 2024
ސްކޮޓްލޭންޑްގައި މޮޅު ހައެއްކަ ކުޅުންތެރިން އެބަތިބި: ނާގަލްސްމަން
ބަލިވިޔަސް އެއީ މޮޅަށް ކުޅޭ ޓީމެއް: ކޯޗު

ސްކޮޓްލޭންޑްގައި މޮޅު ހައެއްކަ ކުޅުންތެރިން އެބަތިބި ކަމަށް ޖަރުމަނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ހުޅުވަން މިރޭ ދަންވަރު ސްކޮޓްލޭންޑާ ދެކޮޅަށް ކުޅޭ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ.

"އެމީހުންގެ މޮޅު ހައެއްކަ ކުޅުންތެރިން އެބަތިބި. ދެން ތިބި ކުޅުންތެރިންނަކީ ވެސް ފިޒިކލީ ވަރަށް ވަރުގަދަ ބައެއް. މިހެންވީމަ މެޗު ފަސޭހައެއްނުވާނެ. އެއީ ވަރަށް ހިތްވަރު ކުރާ ޓީމެއް،"
ނާގަލްސްމަން ބުންޏެވެ.

އޭނާ އަދި ބުނީ ސްކޮޓްލޭންޑަކީ ބަލިވި ނަމަވެސް ވަރަށް ރަނގަޅަށް ކުޅޭ ޓީމެއް ކަމަށެވެ. މި މެޗަށް ތައްޔާރުވުމަށް އެ ގައުމު ކުޅެފައިވާ ބައެއް މެޗުތައް ވެސް ބަލާފައިވާ ކަމަށެވެ.

"އަހަރެން ބެލިން އެމީހުން ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗު. އެމީހުން ބަލިވި 4-0އިން. އެކަމަކު ނެދަލޭންޑްސްއަށްވުރެ މޮޅަށް އެމީހުން ކުޅުނު. މިހެންވެ އަހަރުމެން ތައްޔާރުވާންޖެހޭނެ،"
ނާގަލްސްމަން ބުންޏެވެ.

ފާއިތުވެދިޔަ 10 އަހަރު ތެރޭގައި ޖަރުމަނަށް ބޮޑު މުބާރާތެއްގެ ތައްޓެއް ނުހޯދެ އެވެ. އަދި ފައިނަލަށް ވެސް ނުދެވެ އެވެ. މިހެންވެ ޖަރުމަނުގެ ގިނަ ބައެއްގެ މެދުގައި ޓީމާމެދު ވަނީ ހިޔާލުތަފާތުވެފަ އެވެ. ކޯޗު ނާގަލްސްމަން ބުނީ މިފަދަ ކަންކަމުގެ ސަބަބުން މެޗުގެ ޕްރެޝަރު ބޮޑީ އޭނާގެ ޓީމަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް