ކ. މާލެ
|
14 ޖޫން 2024 | ހުކުރު 11:31
ސްކޮޓްލޭންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން
ސްކޮޓްލޭންޑްގެ ކެޕްޓަން އެންޑީ ރޮބަޓްސަން
ގޫގުލް
ޔޫރޯ
އެތައް ކަމެއް ދަސްވެއްޖެ، މިހާރު ޖެހިލުމެއްނުވާނެ: ރޮބަޓްސަން
ގްރޫޕް ސްޓޭޖް ފަހަނައަޅައިދާ ސްކޮޓްލޭންޑްގެ ފުރަތަމަ ޓީމަށްވުރެ ޝަރަފު ހޯދިދާނެ

ޔޫރޯ ފުޓްބޯޅަ މުބާރާތް ހުޅުވަން މިރޭ ޖަރުމަނާ ދެކޮޅަށް ކުޅޭ މެޗުގައި ސްކޮޓްލޭންޑް ޖެހިލުންވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށް ކެޕްޓަން އެންޑީ ރޮބަޓްސަން ބުނެފި އެވެ.

ލިވަޕޫލަށް ކުޅެމުން އަންނަ ވާތު ބެކް ބުނީ ޖެހިޖެހިގެން ޔޫރޯ ކުޅެން ލިބުމަކީ ވެސް ކާމިޔާބީއެއް ކަމަށާއި ނަމަވެސް ގްރޫޕް ސްޓޭޖް ފަހަނައަޅައިދާ ސްކޮޓްލޭންޑްގެ ފުރަތަމަ ޓީމަށްވުރެ ޝަރަފު ހޯދުމަށް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށެވެ.

"އަހަރުމެން މިހާރު ޖެހިލުންވާންވީ ސަބަބެއްނެތް. އަހަރުމެން މިވަނީ ކުރީ ޔޫރީގައި ވެސް ތަޖުރިބާތަކެއް ހާސިލްކޮށްފައި. މިހެންވެ މި ފަހަރު އެކަންކަން ދެންގަނެ، އަހަރުމެންނަށް ކުރިއަށް ދެވޭނެ. އެކަމަކު އަހަރުމެން އެންމެނަށް ވެސް އިހްތިރާމް ކުރާނަން،"
ރޮބަޓްސަން ބުންޏެވެ.

މުބާރާތުގެ ކުރިން ސްކޮޓްލޭންޑްގެ ސަޕޯޓަރުންނަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކަށްވީ ރޮބަޓްސަން މުޅީން ފިޓްނުވެދާނެތީ އެވެ. އެއީ ބައެއް ޓްރޭނިންތަކުގައި އޭނާ މާ އަވަހަށް ޗޭންޖިންރޫމަށް ގޮސްފައިވާތީ އެވެ. ނަމަވެސް ކޯޗު ސްޓީވް ކްލާކް ބުނީ ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށާއި މުޅި ޓީމު ވެސް އޮތީ ފިޓްކޮށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް