ކ. މާލެ
|
12 ޖޫން 2024 | ބުދަ 13:52
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
މަސްވެރިންގެ މުޒާހަރާ
މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
މިފްކޯ އަށް ބޮޑު ކަންނެލި ގަންނާނެ ކަމަށް ބުނެ އެކަމެއް ނުކުރޭ
ބޮޑު ކަންނެލީގެ އަގު މަތިކޮށްދޭނެ ކަމަށް ބުނެ އެކަމެއް ނުކުރޭ
ސަރުކާރުން މިހާރު އުޅެނީ ބޮޑެތި ކުންފުނިތަކަށް ލޭނު އަޅަން ހުއްދަ ދޭން

ބޮޑު ކަންނެލީގެ މަސްވެރިންނަށް ޑރ. މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ބޮޑެތި ކަންބޮޑުވުން ތަކަކާއެކު ބުދަ ދުވަހު ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި ބޭއްވި މުޒާހަރާ ގައި މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑު އައްސަވާލަން ޑރ މުއިއްޒުގެ މަސްވެރިކަމާ ބެހޭ ވަޒީރަށް ވަޑައިގެން ދެއްވުމަށް ދެންނެވުމުން އެތަނަށް ގޮސް އެވާހަކަތައް އަޑު އައްސަވަން ބޭނުންފުޅު ނުވާ ކަމަށް ވަޒީރު ވިދާޅުވި ކަމަށް މުޒާހަރާ އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ފާރާތަކުން ރާއްޖެ އެމްވީ އަށް މައުލޫމާތު ދީފިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވި ކަމަށް ވަނީ ބޮޑު ކަންނެލީގެ މަސްވެރިންގެ މުޒާހަރާގައި ތިބީ ދެތިން ބަންގްލަދޭޝް މީހުން ކަމަށާއި އެހެންވެ އެތަނަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށެވެ.

Advertisement

ވަޒީރު އެމީހުންގެ ވާހަކަތައް އަޑުއެހުމަށް އެތަނަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވުމުން މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި ވާހަކަ ދައްކާފައެވެ.

މެމްބަރަކަށް ހުރި ހުރި އަބަދު އަބަދު ކިޔާ އަޑު އިވޭ، މަސްވެރިންގެ އަޑު އަހާ މީހަކު ނެތޭ، މަސްވެރިންނަށް އަޅާލާ މީހަކު ނެތޭ... މަސްވެރިންގެ އަޑު އަހަން އަންނަން ބުނީމާ އަހަރެމެން މިވީ ބަންގްލަދޭޝް މީހުންނަށް، މީ ވާވަރަކީ.
ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ބޮޑު ކަންނެލި މަސްވެރިއެއް

ސަރުކާރުން ބޮޑު ކަންނެލީގެ މަސްވެރިނަށް ވީ ވައުދު ނުފުއްދާތީ މަސްވެރިންގެ ކަންބޮޑުވުން ފާޅު ކޮށް ކުރަމުންދާ މުޒާހަރާގައި ގިނަ އަދަދެއްގެ ކަންނެލި އޮޑިފަހަރާއި ދިވެހި މަސްވެރިން ބައިވެރިވަމުންދާ ކަން ފާހަގަ ކުރެވެއެވެ.

ބޮޑު ކަންނެލި މަސްވެރިކަން ކުރާ މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން - ރާއްޖެއެމްވީ

މަސްވެރިން ދގޮވަމުން ދަނީ މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށެވެ.

- ކޮމެންޓް