ކ. މާލެ
|
12 ޖޫން 2024 | ބުދަ 13:39
ތައިލެންޑުގައި އުފައްދާ ބޭހެއް، މިބޭހުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ބުނެފައިވޭ
ތައިލެންޑުގައި އުފައްދާ ބޭހެއް، މިބޭހުގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމަށް ބުނެފައިވޭ
ފުޑް އެންޑް ޑްރަގް އޮތޯރިޓީ
ތައިލެންޑުގެ ބޭސްތަކެއްގައި ކެމިކަލް
ތައިލެންޑުގައި އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް، ސަމާލުވޭ
ނުރައްކާތެރި ކެމިކަލް ފެނިގެން ރިޕޯޓުކޮށްފައިވަނީ 15 ބޭހަކުން
ތައިލޭންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމެއް
މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން

ތައިލެންޑުގެ ބޭސް އުފައްދާ ކުންފުންޏެއްގެ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ އެގައުމުގެ ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެފްޑީއޭއިން ބުނީ ތައިލޭންޑުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސެވެން ސްޓާސް ފާމަސޫޓިކަލްއިން ބޭސް އުފެއްދުމުގައި ބޭނުންކޮށްފައިވާ ސޯބިޓޯލްގައި ނުރައްކާތެރި ކެމިކަލްގެ މާއްދާއެއް އެކުލެވިގެންވާތީ އެގައުމުގެ ބޭސް ރެގިއުލޭޓް ކުރާ އޮތޯރިޓީން ބޭސްތަކެއް ބާޒާރުން ނަގައި، އެކަން އަންގައިފައިވާ ކަމަށެވެ.

ސެވެން ސްޓާސް ފާމަސޫޓިކަލްގެ މި ބޭސްތަކަކީ ރާއްޖެއަށް އިމްޕޯޓު ކުރުމާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓް އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށް ވެސް އެފްޑީއޭއިން ބުނެއެވެ.

ނަމަވެސް ތައިލޭންޑަކީ ދިވެހިން ބޭސް ފަރުވާއަށް ގޮސް އުޅޭ ގައުމަކަށްވެފައި ބައެއް ހާލަތްތަކުގައި އަމިއްލަ ބޭނުމަށް ތައިލެންޑުން ބޭސް އެތެރެކުރާތީ މިކަމަށް ސަމާލުވާންޖެހޭ ކަމަށް އެފްޑީއޭއިން ބުނެއެވެ.

މީގެ އިތުރުން އެފްޑީއޭއިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެ ކުރާއިރު، ޚާއްސަ ސަމާލު ކަމެއްދީގެން ޕޯރޓްތަކުގެ ބަލައިފާސް ކުރަމުން ގެންދާނެ ކަމަށެވެ. ނުރައްކާތެރި ކެމިކަލް ފެނިގެން ރިޕޯޓުކޮށްފައިވަނީ 15 ބޭހަކުންނެވެ. އޭގެތެރޭގައި 9 ސިރަޕް ހިމެނެއެވެ. އަދި އެފްޑީއޭއިން ވަނީ އެލިސްޓް ވެސް އާއްމުކޮށްފައެވެ.

ތައިލެންޑުގައި އުފައްދާ ބޭސްތަކެއްގައި ނުރައްކާތެރި ކެމިކަލެއް ހުރި ކަމެއް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އާއްމުކޮށްފައިވާ ލިސްޓް

ދޭތެރެދޭތެރެއިން ރާއްޖެއަށް އެތެރެކުރާ ބޭސްތަކުގައި މައްސަލަތައް ދިމާވެ، އެބޭސްތައް ބޭނުންކުރުމަށް އެފްޑީއޭއިން އަންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް