ކ. މާލެ
|
10 ޖޫން 2024 | ހޯމަ 11:56
ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި
ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އައުޓް ކެމްޕެއިންގައި
ސޯޝަލްމީޑިއާ
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތު
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައި
އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ
ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު ތިން ވަނަ ދައުރަކަށް އެގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.

މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ

މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް އިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސް ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
100%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
އިންޑިއާގެ ފަތުރުވެރިން ނަޔަސް ވަރިހަމަ ވާނެކަމަށް ބުނި މީހުން އިންޑިއާއިން ފަތުރުވެރިން ގެންނަން އެގައުމަށް
ބައިނަލް އަގްވާމީ ޔޯގާ ދުވަސް އަމާން ކަމާ އެކު ރާއްޖޭގައި ފާހަގަ ކޮށްފި
އިންޑިއާގެ ކޯޗުކަމުން ސްޓިމަކް ވަކިކޮށްފި
ފެންނަމުން ދަނީ މި ސަރުކާރަށް ވެސް އިންޑިއާގެ އެހީތެރިކަމާ ނުލައި ނޫޅެވޭ މަންޒަރު: ބިގޭ
ދުއްވަމުން އައި ރޭލެއް ހުއްޓާފައި އޮތް ރޭލެއްގައި ޖެހި އިންޑިއާގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެތައް ބަޔަކު މަރުވެއްޖެ
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
އިންޑިއާގެ އަސްކަރީ އެއްބަސްވުންތައް ތަހުގީގު ކުރަން ބާއްވަން އުޅުނު ސަބް ކޮމިޓީގެ ބައްދަލުވުން ކުއްލިއަކަށް ކެންސަލް