ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 23:16
ޔުކްރެއިންގެ ސަރވިސްމަނަކު ޑްރޯން އެއް ލޯންޗްކުރަނީ
ޔުކްރެއިންގެ ސަރވިސްމަނަކު ޑްރޯން އެއް ލޯންޗްކުރަނީ
ރޮއިޓާރސް
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ޔޫކްރެއިންގެ ޑްރޯން ހަމަލާއެއް ފުރަތަމަ ފަހަރަށް ރަޝިއާ އަށް ދީފި
ރަޝިއާގެ އޮފިޝަލުން ބުނީ އަސްކަރީ އެއަރފީލްޑަކަށް އަމާޒުކޮށް ފޮނުވާލި 3 ޑްރޯން ރަޝިއާ އަސްކަރިއްޔާ އިން ވައްޓާލާފައިވާ ކަމަށް

ހުޅަނގުގެ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމުގެ ހުއްދަ ނޭޓޯ އިން ޔޫކްރެއިނަށް ދިނުމާއެކު ރަޝިއާގެ އުތުރު އޮސީޝިއާ އަށް ހޮނިހިރު ދުވަހު ޔޫކްރެއިން ސިފައިން ހަމަލާ ދީފިއެވެ.

ރަޝިއާގެ އޮފިޝަލުން ބުނީ އަސްކަރީ އެއަރފީލްޑަކަށް އަމާޒުކޮށް ފޮނުވާލި 3 ޑްރޯން ރަޝިއާ އަސްކަރިއްޔާ އިން ވައްޓާލާފައިވާ ކަމަށެވެ.

ހަމަލާގައި ކުޑަ ގެއްލުމެއް ލިބުނު ކަމަށާއި އަލިފާނުގެ ޙާދިސާ އެއް ހިނގި ކަމަށް ނޯތް އޮސީޝިއާގެ ގަވަރނަރ އާ ހަވާލާދީ ބައެއް ޚަބަރުތައް ބުނެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހު ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ސްވިޑްން އަށް ކުރެއްވި ދަތުރުފުޅުގައި. ސްވިޑްންގެ ބޮޑުވަޒީރު އާއެކު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ޔޫކްރެއިނަށް ރަޝިއާ އަށް ހަމަލާ ދިނުމުގެ ހައްގު ލިބިގެންވާ ކަމަށް އޭނާ ކުރިން ވިދާޅުވެފައިވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޔޫކްރެއިނަށް އަމިއްލަ އަށް ދިފާއުވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.

އަނެއްކޮޅުން ރަޝިއާ އިން މި ހަފްތާގައި ބުނެފައިވަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދޭ ގައުމުތަކުން، އެކަމުގައި ރަޝިއާ އިން ދޭ އިޖާބަށް އެ ގައުމުތަކުން ކުރިމަތިލާން ޖެހޭނެ ކަމަށެވެ. މޮސްކޯ އިން ބުނީ އެ ގައުމުތަކުން ކަން ކުރާ ގޮތައް ރަޝިއާ އިން ވެސް ކަން ކުރާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް