ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 21:17
ރަބޫކާ ވަނީ ޝޮޓްޕުޓުގައި 7.09 މީޓަރަށް އެއްލާ، 75-79 ކެޓަގަރީގެ ތިން ވަނަ ހޯދައިފައި
ރަބޫކާ ވަނީ ޝޮޓްޕުޓުގައި 7.09 މީޓަރަށް އެއްލާ، 75-79 ކެޓަގަރީގެ ތިން ވަނަ ހޯދައިފައި
ބޮޑުވަޒީރު ސިޓިވޭނީ ރަބޫކާ/ފޭސްބުކް
ފިޖީގެ ބޮޑު ވަޒީރު
ފިޖީގެ ބޮޑުވަޒީރު އޯޝޭނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބްރޮންޒް މެޑަލް ހޯއްދަވައިފި
ބޮޑުވަޒީރު ބްރޮންޒް މެޑަލް ހޯއްދެވީ 65 އަހަރުން މަތީގެ ކެޓަގަރީން ޝޮޓް ޕުޓް އުކުމުގެ މުބާރާތުން

އުމުރުފުޅުން 75 އަހަރުގެ ދެކުނު ޕެސިފިކްގެ ފިޖީގެ ބޮޑު ވަޒީރު ސްޓިވެނީ ރަމްބޫކާ އޯޝޭނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ބްރޮންޒް މެޑަލް ހޯއްދަވައިފިއެވެ.

ބުދަ ދުވަހު ބޮޑުވަޒީރު ބްރޮންޒް މެޑަލް ހޯއްދެވީ 65 އަހަރުން މަތީގެ ކެޓަގަރީން ޝޮޓް ޕުޓް އުކުމުގެ މުބާރާތުންނެވެ.

މެޑަލް ހޯއްދެވުމަށްފަހު މެޑަލްގެ ފޮޓޯ އަކާ އެކު ފޭސްބުކް ޕޭޖް ގައި ބޮޑު ވަޒީރު ވިދާޅުވީ، މި ކާމިޔާބީން ޒުވާނުންނަށް ދުޅަހެޔޮ ކޮށް އަދި ފިޓްކޮށް ތިބުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މި ކާމިޔާބީ ހޯއްދެވި އިރު އަނބިކަނބަލުންނާއި، ކާފަ ކުދިންނާއި، މުނިކާފަ ކުދިން ހިތްވަރު ދިނުމަށް މުބާރާތް އޮތް ތަނުގައި ތިބިކަން ފާހަގަ ކޮށް އާއިލާ އަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

އޮޝޭނިއާ އެތްލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށް ދަނީ ފިޖީގެ ވެރިރަށް ސޫވާ ގައެވެ. މި ޗެމްޕިއަންޝިޕްގައި އެތްލެޓިކްސްގެ ގިނަ ކުޅިވަރު މުބާރާތްތަކެއް ތަފާތު އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވެއެވެ.

ރަމްބޫކާ އަކީ ސިޔާސީ މައިދާނަށް ނުކުންނެވުމުގެ ކުރިން ރަގަބީގައި ފާހަގަ ކުރެވުނު އެތްލީޓެކެވެ. ރޮއިޓާސް އިން ބުނެފައިވާ ގޮތުގައި 1974 ވަނަ އަހަރު ރަމްބޫކާ ވަނީ ކޮމަންވެލްތް ގޭމްސްގައި ފިޖީގެ ރަގަބީ ޓީމުގެ ކުޅުންތެރި އެއްގެ ގޮތުން މުބާރާތުގައި ވާދަ ކޮށްފައެވެ.

ޕީޕާލްސް އެލަޔަންސް ޕާޓީގެ ލީޑަރުގެ ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ ރަމްބޫކާ ފިޖީގެ ބޮޑު ވަޒީރު ކަމަށް އިންތިޚާބުވެ ވަޑައިގަތީ 2022 ވަނަ އަހަރު ބޭއްވުނު އިންތިޚާބުގައެވެ.

ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވި ދުވަސްވަރު، 2018 ވަނަ އަހަރު ޕެސިފިކް އައިލެންޑްސް ރަގްބީ ޔުނިއަން ޓީމް ޔޫރަޕަށް ކުރި ދަތުރުގައި އޭނާ ވަނީ ޓީމުގެ މެނޭޖަރުކަން ކުރައްވާފައެވެ.

- ކޮމެންޓް