ކ. މާލެ
|
8 ޖޫން 2024 | ހޮނިހިރު 13:10
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ކަރަންޓުގައި ޖެހުނު ޒުވާނާ ނިޔާވުން
އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ ނިޔާވެއްޖެ
މިހާދިސާ ހިނގާފައިވަނީ 23 މެއި 2024 ވީ ބުރާސްފަތި މެންދުރުގެ ވަގުތެއްގައި
އޭނާގެ އެތެރެ ހައްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވޭ
އަތީކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ 25 މެއި 2024 ވީ ހޮނިހިރު ދުވަހު

ރ.އުނގޫފާރުގައި ކަރަންޓުގައި ޖެހި ހާލު ދެރަވި ޒުވާނާ ނިޔާވެއްޖެ ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ކަރަންޓުގައި ޖެހުނު ކުޑަ ދެކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ހުސެއިން އަތީކު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވަނީ 25 މެއި 2024 ވީ ހޮނިހިރު ދުވަހެވެ.

ރާއްޖެއެމްވީއަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޒުވާނާއަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށާއި، ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ 10:30 ގައި ކަމަށެވެ. 18 އަހަރުގެ އަތީކަށް ފުރަތަމަ ފަރުވާ ދީފައިވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ ހޭނިތަފައެވެ.

އޯޓިސްޓިކް އެޒުވާނާގެ ނިޔާވިއިރު، އޭނާގެ އެތެރެ ހައްޓަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އުނގޫފާރުގައި މިހާދިސާ ހިނގާފައިވަނީ 23 މެއި 2024 ވީ ބުރާސްފަތި މެންދުރުގެ ވަގުތެއްގައެވެ. އެދުވަހު ކަރަންޓު ޖެހިގެން 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖަކަށް ވެސް އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

މި ތިން ކުދިން ކަރަންޓު ޖެހިފައިވަނީ މަގުމަތީގައި ހުރި ބައްތިއަކުން މަގަށް ކަރަންޓު ލީކުވެފައި ހުރުމުގެ ސަބަބުންނެވެ. އުނގޫފާރުގައި ހިނގި ކަރަންޓުގައި ޖެހުމުގެ ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

އުނގޫފާރު ފެނަކަ ބުރާންޗުގެ މެނޭޖަރު އަހުމަދު ސައީދު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޕޮލިހާއި އުނގޫފާރު ކައުންސިލާއި ގުޅިގެން މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށެވެ. ސައީދު ވިދާޅުވީ އެ ނެޓްވޯކަކީ ކައުންސިލުން ބަލަހައްޓާ ނެޓްވޯކެއް ކަމަށާއި، އެކަމާއި ގުޅުން ހުރި ޓެކްނިކަލް ކަންކަން ބަލަނީ ފެނަކައިން ކަމަށެވެ. އަދި ކައުންސިލުން އެދުމުން އެފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ.

ސައީދު ވިދާޅުވީ މައްސަލަ ތަހުގީގުކުރަމުން އަންނަ އިރު، ކަމާއި ބެހޭ ތަޖުރިބާކާރެއް މިކަމުގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެއީ ކުރީގެ ނެޓްވޯކެއް ކަމަށާއި، މަގުތައް ހެދި އިރު ނެޓްވޯކަށް ގެއްލުންވެފައި ހުރިކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް