ކ. މާލެ
|
7 ޖޫން 2024 | ހުކުރު 21:23
ރަޝިއާގެ އަސްކަރީ އުޅަނދުތަކެއް ތަމްރީން ތަކެއްގައި ބައިވެރިވަނީ
ރަޝިއާގެ އަސްކަރީ އުޅަނދުތަކެއް ތަމްރީން ތަކެއްގައި ބައިވެރިވަނީ
އޭޕީ
ރަޝިއާ އާއި ކިއުބާގެ ގުޅުން
ރަޝިއާގެ ހަނގުރާމަ މަތީ މަނަވަރުތައް ކިއުބާއަށް ދަތުރު ކުރަނީ
ކިއުބާއަށް ރަޝިއާގެ 4 މަނަވަރު އަންނަ ކަމަށާއި ނަމަވެސް މަނަވަރުތަކުގައި ނިއުކްލިއަރ ހަތިޔާރެއް ނުގެންނާނެ ކަމަށް ބުނެފައިވޭ

ރަޝިއާގެ ހަނގުރާމަ މަތީ މަނަވަރުތައް ކިއުބާގައި އަންނަ ހަފްތާގައި ބަނދަރު ކުރާނެ ކަމަށް ބުރާސްފަތި ދުވަހު ކިއުބާއިން ބުނެފިއެވެ.

ކިއުބާއަށް ރަޝިއާގެ 4 މަނަވަރު އަންނަ ކަމަށާއި ނަމަވެސް މަނަވަރުތަކުގައި ނިއުކްލިއަރ ހަތިޔާރެއް ނުގެންނާނެ ކަމަށް ބުނެފައިވެއެވެ. ކިއުބާއިން ބުނީ އޭގައި ނިއުކްލިއަރ ހަތިޔާރު ނެތުމާއެކު މިކަމުން ސަރަހައްދުގެ ސަލާމަތައް އެއްވެސް ނުރައްކަލެއް އޮތް ކަމަކަށް ނުދެކޭ ކަމަށެވެ.

ކިއުބާގެ ޚާރިޖީ ވުޒާރާއިން މަނަވަރު ތަކާ ބެހޭ ގޮތުން ބުނެފައިވަނީ މިއީ ރަޝިއަން ފެޑެރޭޝަނާއި ކިއުބާ އާއި ދެމެދު އޮތް ޒަމާންވީ ގުޅުމުގެ ތެރެއިން ކުރާ ދަތުރެއް ކަމަށާއި، މި މަނަވަރުތައް ދަތުރު ކުރާނީ ބައިނަލް އަގްވާމީ ގާނޫނުތަކާ އެއް ގޮތަކަށް ކަމަށެވެ.

ކިއުބާ އަށް ރަޝިއާގެ މަނަވަރުތައް މިސްރާބު މި ޖެހީ، ރަޝިއާ އިން ހަނގުރާމައިގެ އުޅަނދުތައް ކިއުބާ އަށާއި ވެނިޒުއޭލާ އަށް އަސްކަރީ ތަމްރީންތައް ހެދުމަށް ފޮނުވާ ވާހަކަ އެމެރިކާއިން އިއުލާން ކުރިތާ އެއް ދުވަސް ތެރޭގައެވެ.

އެމެރިކާ އިން ބުނީ މަދު އަދަދެއްގެ މަނަވަރު ތަކެއް ކެރީބިއަން ސަރަހައްދަށް އައުމަކީ އެމެރިކާ އަށް ނުރައްކަލެއް އޮތް ކަމެއް ކަމަށް ނުދެކޭ ކަމަށާއި، އެހެން ނަމަވެސް ކަންތައް ވަމުންދާ ގޮތް އެމެރިކާއިން ބަލަމުން ދާނެ ކަމަށެވެ.

އެމެރިކާ އާއި ރަޝިއާގެ ގުޅުން ގޯސްވެގެން ގޮސްފައިވަނީ 2022 ވަނަ އަހަރު ރަޝިއާ އިން ޔޫކްރެނަށް އެރުމާ ގުޅިގެން އެމެރިކާއިން ރަޝިއާ އާ ދެކޮޅަށް ޔޫކްރެއިނަށް އަސްކަރީ އެހީތެރިކަން ދޭން ފެށުމާ އެކުގައެވެ.

ކިއުބާއިން ބުނާ ގޮތުގައި ރަޝިއާގެ މަނަވަރުތައް ވެރިރަށް ހަވާނާގައި ޖޫން 12 އާ 17 އާ ދެމެދު ގައި ބަނދަރު ކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް