ކ. މާލެ
|
7 ޖޫން 2024 | ހުކުރު 17:38
ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައެއް ހައްޖާޖީން އާއިލާއާ ބައްދަލުކުރަނީ
ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބައެއް ހައްޖާޖީން އާއިލާއާ ބައްދަލުކުރަނީ
އިސްލާމިކް މިނިސްޓްރީ
ހައްޖާޖީންގެ ހާލު ރަނގަޅު
ރާއްޖޭގެ ބައެއް ހައްޖާޖީން މިހާރު މަދީނާގައި، ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު: މިނިސްޓަރު ޝަހީމް
 
ސަރުކާރުގެ ހަރަދުުގައި ހައްޖަށް ފޮނުވާ ފުރަތަމަ 50 މީހުންގެ ތެރެއިން 48 މީހުން ހުކުރު ދުވަހު ފުރާނެ
 
މަދީނާގެ ބައެއް ތާރީހީ ތަންތަނަށް ދަނީ ޒިޔާރަތް ކުރަމުން
 
އިންތިޒާމްތައް ވަރަށް ރަނގަޅަށް ވަނީ ތަރުތީބު ކުރެވިފައި

ރާއްޖޭގެ ބައެއް ހައްޖާޖީން މަދީނާގައި އެބަތިބި ކަމަށާއި، ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ހައްޖާޖީންގެ ތިންވަނަ ގުރޫޕު ހުކުރު ދުވަހު ސައުދީ އަރަބިއްޔާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ. މިއިންތިޒާމްތަކާ ގުޅޭގޮތުން އެއާޕޯޓުގައި ހުންނަވައި ދެއްވި އިންޓަވިޔުއެއްގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިވާ ކަމަށެވެ.

މަދީނާގައި މިވަގުތު ރާއްޖޭގެ ހައްޖުވެރިންގެ ބަޔަކު އެބަތިބިކަން ފާހަގަކުރައްވައި މިނިސްޓަރު ޝަހީމް ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރުމާއި، މަދީނާގެ ބައެއް ތާރީހީ ތަންތަނަށް ޒިޔާރަތް ކުރަމުންދާ ކަމަށެވެ. އަދި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށާއި، ޚާއްސަ ހާލަތަކަށް އައިކަމުގެ އެއްވެސް ރިޕޯޓެއް ލިބިފައިނުވާ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށްދާ ފަރާތްތަކުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ތަރުތީބު ކުރެވިފައިވަނީ ފުރިހަމަ ކުރެވިފައިވަނީ މައްކާ އަދި މަދީނާގައި އަދި ފުރުމުގެ ކަންތައްތައް ރާއްޖޭގައި ވެސް ތަރުތީބު ކުރެވިފައިވަނީ ވަރަށް ރަނގަޅަށް. މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މަދީނާގައި މިވަގުތު ރާއްޖޭގެ ހައްޖުވެރިންގެ ބަޔަކު އެބަތިބި. މަދީނާގެ އެހެނިހެން ތާރީހީ ތަންތަނަށް ޒިޔާރަތް ކުރުމުގެ ކަންކަން ކުރިއަށް އެބަދޭ. މިހާތަނަށް އެއްވެސް ހާޖީއަކަށް ބަލި ކަމެއް ޚާއްސަ ހާލަތެއް މެދުވެރިވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވޭ. ހުރިހާ ކަމެއް ވެސް އަދި އެންމެހާ ހާއްޖީންގެ ވެސް ހާލަތު ރަނގަޅު. އަޅުގަނޑުގެ ހެޔޮ ދުއާއަކީ ﷲ އިރާދަކުރެއްވިއްޔާ އެންމެހައި ފަރާތްތަކަށް އެކަލާނގެ ތައުފީގު ދެއްވުން.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

މީގެ އިތުރުން މިނިސްޓަރު ޝަހީމް ވިދާޅުވީ ފުދުންތެރިކަން ނެތް މީހުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަކީ އިސްލާމީ އެހެން ގައުމުތަކުގައި ކުރާ ކަމަށާއި، ރާއްޖޭގައި ވެސް މިކަން މިގޮތަށް ކުރެވެން ފެށުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މިނިސްޓަރު ޝަހީމް ވިދާޅުވީ ސަރުކާރުގެ ހަރަދުުގައި ހައްޖަށް ފޮނުވާ ފުރަތަމަ 50 މީހުންގެ ތެރެއިން 48 މީހުން ހުކުރު ދުވަހު ފުރާނެ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް ފޮނުވާ 1000 ފަޤީރުންގެ ތެރެއިން 1445 ވަނަ އަހަރު ހައްޖަށް ފޮނުވާ 50 ފަގީރުން ކަނޑައަޅާފައިވެއެވެ. 50 މީހުން ހޮވާފައިވަނީ މި މިނިސްޓްރީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ގެންދެވުނު ލައިވް އިވެންޓެއްގައި ގުރުއަތުލުމަކުންނެވެ.

ޖުމްލަ 60 މީހުންގެ ގުރުއަތެއް އެދުވަހު ވަނީ ނެގިފައެވެ. އެއީ 1445 ވަނަ އަހަރު ޙައްޖަށް ދާން ގުރުއަތުން ހޮވުނު 50 މީހުންނާއި ގުރުއަތުން ހޮވޭ މީހުންގެ ތެރެއިން އެއްވެސް ސަބަބަކާއި ހުރެ ހައްޖަށް ދިއުމަށް އުޒުރުވެރިވެއްޖެނަމަ، ޖާގަ ދޭނެ އިތުރު 10 މީހެއް ހިމެނޭ ގޮތަށެވެ. ފުރަތަމަ ޖާގަ ލިބުނު 50 މީހުންގެ ތެރެއިން އުޒުރުވެރިވެގެން 10 މީހުން ވަނީ ޖާގަ މިއަހަރަށް ދޫކޮށްލާފައެވެ. އެހެންކަމުން ލިސްޓުގެ ތަރުތީބުން ރިޒާވް ލިސްޓުގައި ތިބި 10 މީހުންނަށް އެ ފުރުސަތު ވަނީ ދެވިފައެވެ.

މި 50 މީހުންގެ ތެރެއިން އަތޮޅުތެރޭ ތިބި މީހުން މާލެ ގެނައުމާއި، ކެއުމާއި ބުއިމުގެ ޚަރަދު އަދި ޙައްޖު ދަތުރު ނިމި އެބުރި ރަށަށް ފޮނުވުމުގެ ޚަރަދު ދައުލަތުން ވަނީ ހަމަޖައްސާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 31 މެއި 2024 ގައި ފުރި ފުރަތަމަ ފްލައިޓުގައި މި 50 މީހުންގެ ތެރެއިން އެކަކު އަދި 03 ޖޫން 2024 ގައި ފުރި ދެވަނަ ފްލައިޓުން އެކަކު، ޖުމްލަ 02 މީހުން މިހާރު ތިބީ ސައުދީގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
0%
0%
0%
0%
0%
0%
ކޮމެންޓް