ކ. މާލެ
|
7 ޖޫން 2024 | ހުކުރު 15:26
ރަޝިއާގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކަށް ފަހު ރަޝިއާގެ އަސްކަރިއްޔާގެ ޓޭންކްތައް އެމީހުންގެ ދާއިމީ މަރުކަޒަށް ބަދަލުކުރަނީ (ފައިލް ފޮޓޯ)
ރަޝިއާގައި ކުރިއަށް ގެންދިޔަ ތަމްރީނުތަކަށް ފަހު ރަޝިއާގެ އަސްކަރިއްޔާގެ ޓޭންކްތައް އެމީހުންގެ ދާއިމީ މަރުކަޒަށް ބަދަލުކުރަނީ (ފައިލް ފޮޓޯ)
އޭޕީ
ޔޫކްރެއިން ރަޝިއާ ހަނގުރާމަ
ރަޝިއާގެ ހަމަލާތައް ޔޫކްރެއިންގެ މުހިންމު އިންފްރާސްޓްރަކްޗަރ އަށް އަމާޒު ކުރަނީ
ރަޝިއާ ސިފައިން ފޮނުވާލި 53 ޑްރޯން ގެ ތެރެއިން 48 ޑްރޯން ޔޫކްރެއިން ސިފައިން ވައްޓާލާފައިވޭ

ރަޝިއާ އިން ޔޫކްރެއިނަށް ދެމުންދާ ހަމަލާތަކުގައި ހުކުރު ވިލޭރެ އާއި ހުކުރު ދުވަހު ހެނދުނުވެސް ޔޫކްރެއިންގެ މުހިންމު އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށް ރަޝިއާ އިން ހަމަލާތައް ދީފިއެވެ.

ހުކުރު ވިލޭރެއާއި ހުކުރު ދުވަހު ހެނދުނު ރަޝިއާގެ ހަމަލާތައް ޔޫކްރެއިންގެ 9 ސަރަހައްދަކަށ ދީފައިވެއެވެ. އޭގެ ތެރޭގައި ވެރިރަށް ކިއެވް ސަރަހައްދެއްވެސް ހިމެނެއެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާ އާ ހަވާލާދީ ސީއެންއެން އިން ބުނެފައިވަނީ ރަޝިއާ ސިފައިން ފޮނުވާލި 53 ޑްރޯން ގެ ތެރެއިން 48 ޑްރޯން ޔޫކްރެއިން ސިފައިން ވައްޓާލި ކަމަށެވެ.

ޔޫކްރެއިންގެ އެއަރފޯސް ކޮމާންޑަރ މީޑިއާއަށް މައުލޫމާތު ދީފައިވާ ގޮތުގައި ރަޝިއާއިން ލޯންޗް ކުރި 5 ކްރޫސް މިސައިލްވެސް ޔޫކްރެއިން ސިފައިން ވައްޓާލާފައި ވާކަމަށެވެ.

ވެރިރަށް ކިއެވް ސަރަހައްދަށް އައި ހަމަލާ އާ ގުޅިގެން ސިނާއީ މަސައްކަތް ކުރާ ކާރުޚާނާއެއްގައި އަލިފާން ރޯވި ކަމަށާއި، އެހެން ނަމަވެސް މީހަކަށް އަނިޔާ ނުވާކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާ އާ ހަވާލާދީ ސީއެންއެން އިން ބުނެފައިވެއެވެ.

ޔޫކްރެއިންގެ ރައީސް ވުލެޑެމިއަރ ޒެލެންސްކީ މިހާރު އުޅުއްވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑްން އާއި ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން އާ ބައްދަލު ކުރައްވާ ހަނގުރާމައިގެ މަޝްވަރާތައް ކުރެއްވުމަށް ފަރަންސޭސި ވިލާތައް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މި ދަތުރުފުޅުގައި ޒެލެންސްކީ ފަރަންސޭސި ގާނޫނު ހަދާ މަޖިލީހުގައި ތަގުރީރު ކުރައްވާ ގޮތައްވެސް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް