ކ. މާލެ
|
5 ޖޫން 2024 | ބުދަ 19:09
ރާޢްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްފައިވާ ރިސޯޓެއް
ރާޢްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްފައިވާ ރިސޯޓެއް
ގޫގުލް
އިންޑިއާ ފަތުރުވެރިން
އަދިވެސް އިންޑިއާ އަށް ފާޑުކިޔާ ނޫނެކޭ ބުނަންވީތޯ؟
މަދުވީ އިންޑިއާގެ 31،158 ފަތުރުވެރިން
މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އިންޑިޔާގެ އެންމެ 42،627 މީހުން

ރާއްޖެއަކީ މުޅި ދުނިޔޭގައިވެސް ފަތުރުވެރިކަމަށް އެންމެ މަޤްބޫލު މަންޒިލެއެވެ. ރާއްޖޭގެ ފަތުވެރިކަން ތަޖްރިބާކޮށްލަން ބޭނުން ނުވާ މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ނަމަވެސް މަޑުމަޑުން މިމަންޒަރު ބަދަލުވާން ފެއްޓީ އިންޑިޔާއާއި މެދު އޮތް ހަސަދަވެރިކަން އިތުރުވެ އިންޑިޔާ އައުޓަށް އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ރެޔާ ދުވާލު ކެމްޕެއިން ފެއްޓުމުންނެވެ.

އެތައް ދޮގުތަކެއް ހެދުމަށްފަހު އިންޑިޔާއަށް އެތައް ފުރައްސާރައެއް ކުރިމަތި ކުރުމަށްފަހު ވެރިކަމަށްވެސް އައީ އެވެ. އެންމެ ފުރަތަމަވެސް ދައްކަން ފެއްޓި ވާހަކައަކީ އިންޑިޔާ މުހިއްމު ނޫން ވާހަކައެވެ. ވަކި ކަމަކަށް ނޫނެއެވެ. ރާއްޖެއަށް އިންޑިޔާގެ ފަތުރުވެރިން ނަޔަސް ރާއްޖޭގެ ޓުއަރިޒަމް ކުރިއަށްދާނެ ވާހަކައެވެ. އިންޑިޔާއަށް ބޭސްފަރުވާއަށް ނުދިޔަސް އެކަން ތައިލެންޑުން ހަމަޖެހޭނެވާހަކައެވެ. އިންޑިޔާގެ ސިފައިން ހެލިކޮޕްޓަރު ދުއްވަން ނެތަސް އެކަންވެސް ކުރެވޭނެ ކަމުގެ ވާހަކައެވެ. މިދެއްކި ވާހަކަތަކުގެ ތެރެއިން މިއަދު ރައްޔިތުން ޤަބޫލުކުރާ އެއްވެސް ވާހަކައެއް ނެތެއެވެ.

މިއަދުގެ ހަޤީގަތް ބަލާލާއިރު މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ އޭޕްރީލް މަހާ ހަމައަށް އިންޑިއާގެ 73,785 ފަތުރުވެރިން ޒިޔާރަތް ކުރި އެވެ. ނަމަވެސް މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެއަށް އައީ އެންމެ 42،627 މީހުންނެވެ. އެއީ ކުރީ އަހަރާ އަޅާބަލާއިރު 42 ޕަސެންޓު ދަށް އަދަދެކެވެ. މިވެސް ދެން ބުނަންވީ އޯކޭތޯ އެވެ. އާދެ މިސަރުކާރަށް ކޮންމެ ކަމެއް ވަރިހަމައެވެ. ބޮޑާ ކަމާއި ކިބުރުވެރިކަން އިންތިހާއެވެ.

މިދިޔަ ފަސް އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް އިންޑިއާ މާރކެޓް ފުޅާވެގެން އައިސްފައިވާއިރު، ލޯކަލް ޓުއަރިޒަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔައެވެ. ސަބަބަކީ އިންޑިޔާ މާރކެޓްގެ އެވްރެޖް ފަތުރުވެރިންނަކީ ލޯކަލް ޓުއަރިޒަމަށް ލޯބިކުރާ ބަޔަކަށްވާތީއެވެ. ކަންމިހެންއޮތް އިރު ގެސްޓްހައުސްތަކުގެ ވިޔަފާރި އިންތިހާއަށް ދަށަށް ހިނގައްޖެއެވެ. ސަރުކާރަށް ކޮންކަމެއްތޯއެވެ. އެވެރިން ބޭނުންވަނީ ސިޔާސި ކުޅިވަރު ކުޅޭށެވެ. ރައްޔިތުންގެ ހެވާއި ލާބައަކީ އޮތް އެއްޗެއް ނޫނެވެ.

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ލަކްޝަދީޕަށް ވަޑައިގެން ގޮނޑުދޮށުގައި އިން ގޮނޑިއެއްގައި އިންނަވައި ނެންގެވި ފޮޓޯއެއްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ލޮޅުމެއް އައެވެ. ސަރުކާރުން ހީވެސް ނުކުރާ ފެންވަރަށް ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލާ ސޯޝަލް މީޑިޔާގައި ޕޯސްޓްތައް ގިނަވިއެވެ. އެއިރު ދިވެހި ސަރުކާރުން ދިޔައީ އިންޑިއާ ދުރުކޮށް ޗައިނާއާއެކު ގާތް ގުޅުމެއް ބާއްވަން މަސައްކަތް ކުރަމުންނެވެ.

އެއްވެސް ކަމެއްގައި އިންޑިއާއަށް ނޫނެކޭ ބުނެވޭ ވަރުގެ ގާބިލުކަމެއް ރާއްޖެއަކު ނެތެވެ. އިންޑިޔާއާއި އެކު ޖެހިފައި އޮތް މައްސަލަ ހައްލުކޮށް ކުރިއަށްދާންޖެހޭ ކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް