ކ. މާލެ
|
2 ޖޫން 2024 | އާދީއްތަ 22:01
ނިޔާވި ލާންސްކޯޕްރަލް މުހައްމަދު ޒިދާން
ނިޔާވި ލާންސްކޯޕްރަލް މުހައްމަދު ޒިދާން
އެމްއެންޑީއެފް
ތަމްރީނުގައި އުޅުނު ސިފައިންގެ މީހަކު ނިޔާވުން
މިޔަރެއް ހަމަލާދިން ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެ
އޭނާގެ ފަލަަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ޒަހަމްވެފައި
މިޔަރު ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 ހާއިރު
ނިޔާވެފައިވަނީ ރ. އުނގޫފާރަށް ނިސްބަތްވާ 23 އަހަރުގެ ލާންސްކޯޕްރަލް މުހައްމަދު ޒިދާން

ލ. ކައްދޫގައި އެމްއެންޑީއެފުން ކުރިއަށް ގެންދިޔަ މޫދު ތަމްރީނެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާދިން ޒުވާން ސިފައިންގެ މީހަކު ނިޔާވެއްޖެއެވެ.

އެޒުވާނާ ނިޔާވިކަން އެމްއެންޑީއެފްގެ އޮފިޝަލެއް ވަނީ ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި ނިޔާވެފައިވަނީ ރ. އުނގޫފާރަށް ނިސްބަތްވާ 23 އަހަރުގެ ލާންސްކޯޕްރަލް މުހައްމަދު ޒިދާން ނަމަކަށް ކިޔާ ޒުވާނެކެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މިޔަރު ހަމަލާ ދީފައިވަނީ އާދިއްތަ ދުވަހުގެ މެންދުރު 1:00 ހާއިރެވެ. އޭނާގެ ފަލަަމަސްގަނޑުގެ ބޮޑު ބައެއް އޮތީ ޒަހަމްވެފައެވެ. އަދި ޒައިދާން ނިޔާވީ ގަމު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އާދިއްތަ ދުވަހުގެ ރޭ 08:40 ހާއިރުގައެވެ.

ޒިދާން ސިފައިންގެއާ ގުޅިފައިވަނީ 2019 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް