ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 20:31
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވަޑޭވް
ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވަޑޭވް
ޔޫއޭވީ ޓްޑޭ
ޔޫކްރެއިން ރަޝިޔާ ހަނގުރާމަ
ޔޫކްރެއިނުން ރަޝިއާ އަށް ހަމަލާ ދީފިނަމަ ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ފަހެއް ނުޖެހޭނަން: ރަޝިއާ
މެޑްވަޑޭވް ބުނި ގޮތުގައި ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ އެއް ދީފިނަމަ މި ހަނގުރާމަ އޭގެ އެންމެ ފަހު މަރުހަލާ އަށް ވާސިލްވީ

ޔޫކްރެއިނުން އެ ގައުމަށް ހުޅަނގުގެ ގައުމު ތަކުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ ދީފި ނަމަ ޔޫކްރެއިނަށް ހަމަލާ ދިނުމަށް ނިއުކްލިއަރ ހަތިޔާރު ބޭނުން ކުރަން ފަހެއް ނުޖެހޭނެ ކަމަށް ރަޝިއާ އިން ބުނަނީ އޮޅުވާލުމުގެ ގޮތުން ނޫން ކަމަށް ރަޝިއާގެ ސެކިއުރިޓީ ކައުންސިލްގެ ނައިބު ޑިމިޓްރީ މެޑްވަޑޭވް ހާމަ ކޮށްފިއެވެ.

ރަޝިއާގެ މި އިންޒާރު އައީ އެމެރިކާ އާއި ޖަރުމަނުން ޔޫކްރެނަށް ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާގެ ޓާގެޓް ތަކަށް ހަމަލާ ދިނުމަށް އެ ދެގައުމުން ޔޫކްރެއިނަށް ހުއްދަ ދިނުމާ ގުޅިގެންނެވެ.

އޭނާ ހާމަ ކުރި ގޮތުގައި ރަޝިއާ އިން ދެކެނީ، ޔޫކްރެއިނަށް ފޯރުކޮށް ދިން ހުރިހާ ދިގު ރާސްތާ މިސައިލް ތަކަކީ ނޭޓޯގެ ގައުމުތަކަށް ނިސްބަތްވާ ސިފައިން ކޮންޓްރޯލް ކުރާ އެއްޗެއްސަށް ވުމާއެކު، އެ ފަދަ މިސައިލުން ރަޝިއާ އަށް ހަމަލާ ދިނުމަކީ އެ ގައުމުތަކުން ސީދާ ހަނގުރާމައިގައި ބައިވެރިވުން ކަމަށެވެ. އެއީ އަސްކަރީ ގޮތުން އެހީތެރިވުން ކަމަށް ރަޝިއާ އިން ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

މެޑްވަޑޭވް ބުނި ގޮތުގައި ހުޅަނގުން ފޯރުކޮށްދޭ ހަތިޔާރު ބޭނުން ކޮށްގެން ރަޝިއާ އަށް ހަމަލާ އެއް ދީފިނަމަ މި ހަނގުރާމަ އޭގެ އެންމެ ފަހު މަރުހަލާ އަށް ވާސިލްވީ ކަމަށެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ރަޝިއާ އިން ނިއުކްލިއަރ ހަތިޔާރު ޔޫކްރެއިނާ ދެކޮޅަށް ބޭނުން ކުރަން ތައްޔާރަށް ނެތް ކަމަށް ބަޔަކު ދުށުމަކީ އެބަޔަކަށް ހެދޭ ވަރަށް ބޮޑު ގޯހެކެވެ.

ރަޝިއާ އަށް ޔޫކްރެއިނުން ހަމަލާ އެއް ދީފި ނަމަ، ދުޝްމަން އެހެން ގައުމުތަކަށް ނިއުކްލިއަރ ހަމަލާއެއް ދޭން ރަޝިއާ ފަހަށް ނުޖެހޭނެ ކަމަށްވެސް މެޑްވަޑޭވް ބުނެފައިވެއެވެ.

ކޮމެންޓް