ކ. މާލެ
|
1 ޖޫން 2024 | ހޮނިހިރު 20:15
ލޭ ނަގައިގެން ޕްރޮސްޓޭޓް ކެންސަރަށް އާއްމުކޮށް ހަދާ ޓެސްޓުގެ ނަތީޖާގެ ޔަގީންކަން މާ ކުޑަ
ލޭ ނަގައިގެން ޕްރޮސްޓޭޓް ކެންސަރަށް އާއްމުކޮށް ހަދާ ޓެސްޓުގެ ނަތީޖާގެ ޔަގީންކަން މާ ކުޑަ
ޔޫއޭވީ ޓްޑޭ
ޕްރޮސްޓޭޓް ކެންސަރު ދެނެގަތުން
ގޭގައި ހަދާ ކުޅުގެ ޓެސްޓަކުން ޕްރޮސްޓޭޓް ކެންސަރު ދެނެގަނެވިދާނެ
 
ކުޅުން ގޭގައި ހަދާލެވޭ ޓެސްޓުން ފިރިހެނުންގެ ކިބައިގައި ޕްރޮސްޓޭޓް ކެންސަރަށް މަގު ފަހިވާ ޖެނެޓިކް ސިފަތައް ހުރި ނަމަ އެކަން ދެނެގަނެވޭ

ލޭ ނަގައިގެން ހަދާ ސްޓޭންޑަރޑް ޓެސްޓަށް ވުރެ ގޭގައި ހަދާ ލެވޭ ކުޅުގެ ޓެސްޓަކުން ޕްރޮސްޓޭޓް ކެންސަރު ހުރިކަން މާ ރަނގަޅަށް ދެނެގަނެވޭ ކަމަށް ދިރާސާ އިން ހާމަ ވެއްޖެއެވެ.

މިކަން ހާމަވީ، އިނގިރޭސި ވިލާތުގެ އިންސްޓިޓިއުޓް ފޯ ކެންސަރ ރިސާޗް އާއި ދަ ރޯޔަލް މާސްޑެން އެންއެޗްއެސް ފައުންޑޭޝަން ޓްރަސްޓް އާ ގުޅިގެން ހަދާފައިވާ ދިރާސާއަކުންނެވެ.

މި ދިރާސާ ގައި ބުނާ ގޮތުން ކުޅުން ގޭގައި ހަދާލެވޭ ޓެސްޓުން ފިރިހެނުންގެ ކިބައިގައި ޕްރޮސްޓޭޓް ކެންސަރަށް މަގު ފަހިވާ ޖެނެޓިކް ސިފަތައް ހުރި ނަމަ އެކަން ދެނެގަނެވޭ ކަމަށެވެ. އެއާ ޚިލާފަށް ލޭ ނަގައިގެން ޕްރޮސްޓޭޓް ކެންސަރަށް އާއްމުކޮށް ހަދާ ޓެސްޓުގެ ނަތީޖާގެ ޔަގީންކަން މާ ކުޑައެވެ.

މި ދިރާސާގައި ބައިވެރިވި ފަރާތްތަކުން ބުނާ ގޮތުގައި ފަސޭހަ އަދި އަގު ހެޔޮ މި ޓެސްޓުން ބަލީގެ ކުރީ ކޮޅު ބަލި ދެނެގަނެވޭ ގޮތް ވުމާއެކު ބައްޔަށް ފަރުވާ ކުރެވި އިތުރު ފުރާނަ ސަލާމަތް ކުރުމަށް މަގު ފަހިވެގެން ދާނެއެވެ.

އިންސްޓިޓިއުޓް އޮފް ކެންސަރ ރިސާރޗް ގެ ޗީފް އެގްޒެކެޓިވް ޕްރޮފެސަރ ކްރިސްޓިއަން ހެލިން ބީބީސީ އަށް ދިން ބަސްދީގަތުމެއްގައި ބުނެފައިވާ ގޮތުން، ލޭ ނަގައިގެން ހަދާ ޓެސްޓްގެ ނަތީޖާ އަށް ބަލައިގެން ބައެއް ފަހަރު ކުރަން ނުޖެހޭ ފަރުވާ މީހުންނަށް ކުރަން ޖެހިފައި އެބަހުއްޓެވެ. އަނެއް ކޮޅުން ޓެސްޓުން ޕޮސިޓިވް ނުވާ މީހުންނަށް ކެންސަރު ޖެހޭ ގޮތް ވުމީ މި ޓެސްޓުގެ އެންމެ ކަންބޮޑުވާ މައްސަލައެވެ.

މި ދިރާސާގެ މައްޗަށް އިތުރު ހޯދުންތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިރާސާ ކުރި ފަރާތްތަކާ ހަވާލާދީ ބީބީސީގައި ރިޕޯޓް ކޮށްފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް