Advertisement
ކ. މާލެ
|
27 މެއި 2024 | ހޯމަ 09:54
ފަލަސުރުހީ ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ކިޔެވުމުގެ ދަންފަޅި ކުރުކުރުން
ދަންފަޅި ކުރުކުރަން ނިންމީ އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެފައިނުވާތީ: އިހުސާން
މިއަށްވުރެ މާ މޫސުން ގޯސްވާ ދުވަސްތަކުގައި ވެސް ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދޭ
އައު އަހަރު ފަށާ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެއް، ނަމަވެސް މިއަހަރު އެ ޚާއްސަކަން ފާހަގަނުކުރެވޭ

ދިރާސީ އައު އަހަރުގެ ފުރަތަމަ 3 ދުވަހު ދަންފަޅި ކުރުކުރުމަށް ނިންމާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވެފައިނުވާތީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސަރުހީ ޕްރޮގްރާމްގައި އިހުސާން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާފައިވާއިރު، ސްކޫލުތަކުގެ ޓީޗަރުން ހަމަނުވާ ކަމަށާއި، ދަރިވަރުންނަށް ބޭނުންވާ ޓެކްސްްޓް ފޮތްތައް ހަމަނުވާ ކަމަށެވެ. މިއީ ބެލެނިވެރިންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement

ދިރާސީ އައު އަހަރުގެ ފުރަތަމަ 3 ދުވަހު ދަންފަޅި ކުރުކުރުމަށް ނިންމާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އިހުސާން ވިދާޅުވީ މޫސުމާ ގުޅުވަނީ އެޑިޔުކޭޝަން މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ފުރިހަމަ ނުވާތީ ކަމަށެވެ. އަދި އުޒުރަކަށް މޫސުން ދެއްކި ނަމަވެސް މިއަށްވުރެ މާ މޫސުން ގޯސްވާ ދުވަސްތަކުގައި ވެސް ސްކޫލުތަކުގެ ކިޔެވުން ކުރިއަށް ގެންދާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ސްކޫލުގެ ސެޝަން ކުރުކޮށްލުމަށް އަންގާފައިވަނީ. މިއަށްވުރެ މާ ވިއްސާރަ ދުވަސްދުވަހު އަޅުގަނޑުމެން ސްކޫލުތަކުގައި ކިޔަވައިދީފައި ހުންނާނެ. ވިއްސާރާގައި ވެސް ގަދާގައިވެސް އަޅުގަނޑުމެން މިކަންކަންކޮށްފައި ހުންނާނެ. އެހެންނަމަވެސް މިއަދު ސްކޫލުތަކަށް ހަގީގަތުގައި ވިއްސާރާގެ ބަހަނާ ދައްކައިގެން ސެޝަން ކުރުކޮށްލުމަށް އަންގާފައި އެވަނީ ހަގީގަތުގައި ޓެކްސްޓްފޮތްތައް ހަމަނުވުމާއި އަދި މުދައްރިސުން ވެސް ހަމަނުވުމާއި އަދި ވަކިން ޚާއްސަކޮށް އުނގެނުމާއި އުގަންނައިދިނުމާއި މަރުހަލާގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވާންޖެހޭ ތައްޔާރީތައް އެންމެ އެކަށީގެންވާ ގޮތުގައި ވެފައި ނެތުމުގެ ސަބަބުން ހަގީގަތުގައި ތިން ދުވަހަށް ސެޝަން ކުރުކޮށްލުމަށް އަންގާފައި މިއޮތީ.
އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ދިރާސީ އައު އަހަރު ފަށާ ދުވަހަކީ ވަރަށް ޚާއްސަ ދުވަހެއް ކަމަށާއި، ނަމަވެސް މިއަހަރު އެ ޚާއްސަކަން ފާހަގަނުކުރެވޭ ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ދިރާސީ އައު އަހަރު ފަށާ ދުވަސް ވަރަށް ޚާއްސަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އޭރު އެޑިޔުކޭޝަން މިނިސްޓަރު ވަރަށް ގިނަ ސްކޫލުތަކަށް ޒިޔާރަތްކޮށް، ދަރިވަރުންނާއި، ޓީޗަރުންގެ ހިޔާލު ހޯއްދަވާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ދިރާސީ އައު އަހަރާއި ގުޅިގެން އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވާ އެރަށްރަށުގެ ސްކޫލުތަކަށް ވެސް ޒިޔާރާތް ކުރައްވާ ކަމަށެވެ. އިހުސާން ވިދާޅުވީ ރައީސް ސާލިހާއި ނައިބު ރައީސް ފައިސަލް ނަސީމު ވެސް ދިރާސީ އައު އަހަރު ފަށާ ދުވަހު ކަނޑައެޅޭ ކޮންމެ ވެސް އެއް ސުކޫލަކަށް ވަޑައިގަންނަވާ ދަރިވަރުންނާއި، ބެލެނިވެރިން އަދި ޓީޗަރުންނަށް ޚާއްސަ މެސެޖްތައް ދެއްވާ ކަމަށެވެ. ނަމަވެސް މިއަހަރުގެ ދިރާސީ އައު ފެށިގެން ދިޔައިރު މިފަދަ އެއްވެސް ކަމެއް މިސަރުކާރުން ކޮށްފައިނުވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް