ކ. މާލެ
|
24 މެއި 2024 | ހުކުރު 20:55
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފާތުމަތު ހަބީބާ
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފާތުމަތު ހަބީބާ
ސިވިލް ސާވިރސް ކޮމިޝަން
ހަބީބާ އަށް މަގާމު ނުދިނުން
ސީއެސްސީގެ މެމްބަރު ކަމަށް މަޖިލީހުން ރުހުން ދިން ހަބީބާއަށް އަދިވެސް މަގާމެއް ނުދެއްވާ
ފާތުމަތު ހަބީބާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުސްވި އޭޕްރީމް މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދިން ފާތުމަތު ހަބީބާއަށް ރައީސުލް ޖުމްހޫރިއްޔާ އަދިވެސް މަގާމު ހަމަޖައްސަވައިދެއްވާފައި ނުވާކަން ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.

ސީއެސްސީގެ މެމްބަރު ކަމަށް ބޭފުޅަކު ހަމަޖައްސެވުމުގެ މައްސަލަ ރައީސުލް ޖުމްހޫރިއްޔާ މަޖިލިހަށް ފޮނުއްވުމުން، ރައީސް ފޮނުއްވި ނަންތައް މަޖިލީހުގައި އިއުލާން ކޮށްފައިވަނީ 7 ފެބްރުއަރީ 2024 ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.

ސީއެސްސީން ހުސްވި މަގާމަށް އައްޔަނު ކުރާނެ ފަރާތެއް ހޯދުމަށް އާއްމުކޮށް އިއުލާން ކުރުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް އައްޔަނު ކުރާނެ ފަރާތެއް ކަނޑައެޅުމަށް ރައީސް މަޖިލީހަށް ފޮނުއްވީ ކުރިމަތިލީ މީހުންގެ ތެރެއިން 3 ފަރާތެކެވެ.

ރައީސް ފޮނުއްވި 3 ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސްވީ އޭގެ ތެރެއިން 2 ފަރާތެކެވެ.

ފާތުމަތު ހަބީބާ ދަފްތަރު ނަންބަރު ރ.ސ.9472 އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ހުސްވި އޭޕްރީމް މަހުގެ 29 ވަނަ ދުވަހު ބޭއްވި ޖަލްސާގައެވެ. އެ ދުވަހު ނެގި ވޯޓުގައި، ޖަލްސާ އަށް ހާޒިރުވެ ތިއްބެވި 55 މެމްބަރުންގެ ތެރެއިން 38 މެމްބަރުން ހަބީބާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވާފައި ވެއެވެ. ނުފެންނަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް