ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 22:25
ޗައިނާއިން ތައިވާން ވަށައިގެން ހިންގާ އަސްކަރީ ހަރަކާތްތަކެއް ފެށުން
ޗައިނާއިން ތައިވާން ވަށައިގެން ހިންގާ އަސްކަރީ ހަރަކާތްތަކެއް ފެށުން
ރޮއިޓާސް
ޗައިނާ އާއި ތައިވާންގެ ގުޅުން
ތައިވާނަށް "ވަރުގަދަ އަދަބެއް" ދިނުމަށް ތައިވާން ވަށައިގެން ޗައިނާ އިން އަސްކަރީ ހަރަކާތްތައް ފަށައިފި
ޗައިނާ އިން ދެކެނީ ތައިވާނަކީ ޗައިނާއިން ވަކިވެގަނެން އުޅޭ ތަނެއްގެ ގޮތުގަ

ޗައިނާއިން ތައިވާން ވަށައިގެން ހިންގާ 2 ދުވަހުގެ އަސްކަރީ ހަރަކާތްތަކެއް ފަށައިފިއެވެ.

ޗައިނާ އިން ބުނަނީ މިއީ ތައިވާނުން ވަކިވެގެންނަން އުޅޭ އުޅުމަށް ދޭ "ވަރުގަދަ އަދަބެއް" ކަމަށެވެ.

ޗައިނާގެ އަސްކަރީ ހަރަކާތްތައް މި ފެށުނީ ތައިވާނުގެ ރައީސް ކަމަށް ވިލިއަމް ލައި ހަވާލުވެ ވަޑައިގެންނެވިތާ 3 ދުވަސް ވީ ތަނާއެވެ. މަގާމާ ހަވާލުވެވަޑައިގެން ރަސްމިއްޔާތުގައި ލައި ވަނީ ޗައިނާ އަށް ވަރުގަދަ ބަހުގެ ހަމާލާތަކެއް ދެއްވާފައެވެ. ބެލެވޭ ގޮތުގައި މިއީ ރައީސް ލައި ޗައިނާ އަށް އަމާޒުކޮށް ދެއްކެވި ވާހަކަފުޅަށް ޗައިނާ އިން ރައްދު ދިނުމުގެ ގޮތުން ހިންގާ ހަރަކާތްތަކެކެވެ.

ލައި ޗައިނާ އަށް ގޮވާލެއްވީ ބިރު ދެއްކުން ހުއްޓާލާ ތައިވާންގައި އޮތް ޑިމޮކްރަސީ ބަލައިގަތުމަށެވެ.

ޗައިނާ އިން ދެކެނީ ތައިވާނަކީ ޗައިނާއިން ވަކިވެގަނެން އުޅޭ ތަނެއްގެ ގޮތުގައެވެ. އަދި އާޚިރުގައި އެއީ ޗައިނާގެ ބަޔަކަށް ވާނެ ތަނެއް ކަމަށެވެ. ނަމަވެސް ތައިވާނުން ދެކެނީ އެއާ ޚިލާފަށް އެއީ ޗައިނާގެ ބައެއް ނޫން ކަމަށެވެ.

ޗައިނާ އިން ފެށި އަސްކަރީ ޑްރިލް ތައިވާނުގެ ދިފާއީ ވުޒާރާއިން ވަނީ ކުށްވެރި ކޮށްފައެވެ. އަދި އެއީ ކަމަކާ ނުލާ ރުޅިއެރުވުން ކަމަށް ތައިވާނުން ބުނެއެވެ.

ޗައިނާގެ އަސްކަރީ ޑްރިލް ފެށުމާއެކު ތައިވާނުން ވަނީ ގައުމު ހިމާޔާތުގައި ކަނޑާއި ވައިގެ އަދި އެއްގަމުގެ ފައުޖުތައް ހަރަކާތްތެރިވާން ފަށާފައެވެ.

ތައިވާންގެ މީޑިއާއިން ޗައިނާގެ އަސްކަރީ ހަރަކާތް ސިފަ ކުރީ ތައިވާން ހިފުމަށް ޗައިނާއިން ހަދާ ތަމްރީން ތަކެއްގެ ގޮތުގައެވެ.

މިދިޔަ އަހަރު ތަކުގައިވެސް ޗައިނާ އިން ތަކުރާރު ކޮށް ވަނީ ފައިޓަރ ޖެޓާއި ނޭވީ ބޯޓުތައް ބޭނުން ކޮށްގެން ތައިވާން ވަށައިގެން އަސްކަރީ ހަރަކާތްތައް ހިންގާފައެވެ. ތައިވާނުން ބުނަމުން ގޮސްފައިވަނީ އެއީ ތައިވާންގެ ވައިގެ ސަރަހައްދަށާއި ކަނޑުގެ ސަރަހައްދަށް ގަވައިދާ ޚިލާފަށް ވަނުން ކަމުގައެވެ.

މިހާރު ހިންގަމުންދާ އަސްކަރީ ހަރަކާތާ ބެހޭ ގޮތުން ޗައިނާގެ ޚާރިޖިއްޔާ އިން ބުނެފައިވަނީ އެއީ ޗައިނާގެ ގައުމީ ސަލާމަތައް ހިންގުން ހުއްދަ އަދި ހިންގަން ޖެހޭ ހަރަކާތްތަކެއް ކަމަށެވެ.

ޗައިނާގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވާނގް ވެންބިން ހާމަކުރި ގޮތުގައި ތައިވާނަކީ ޗައިނާގެ ބައެކެވެ. އެކަން ކުރިއަށް އޮތްތާވެސް ބަދަލެއް ނުވާނެއެވެ. އަދި ތައިވާނުން މިނިވަންވާން އުޅޭ އުޅުން ފޭލްވާނެއެވެ.

ޗައިނާ އިން ދެކޭ ގޮތުގައި ތައިވާނަކީ ޗައިނާގެ ސަރަހައްދުގެ ބައެކެވެ. އަދި ތައިވާން ޗައިނާގެ ބައެއްގެ ގޮތުގައި ހަމަ ޖެހެން ޖެހޭނެއެވެ. ބާރުގެ ބޭނުން ކޮށްގެން ވިޔަސް އެކަން ވާން ޖެހޭނީ އެގޮތަށް ކަމަށް ޗައިނާ އިން ދެކެއެވެ.

ތައިވާނަކީ އަމިއްލަ ސަރުކާރެއް އޮންނަ ޑިމޮކްރަޓިކް އުސޫލުން ވެރިން ހޮވަމުން އަންނަ ތަނެކެވެ. ތައިވާނުން އަމަލު ކުރަނީ އެމީހުންގެ އަމިއްލަ ގާނޫނު އަސާސީ އަށެވެ. ތައިވާނުގައި ގާނޫނު ހަދާ މަޖިލިހާއި، 300،000 މީހުން ހިމެނޭ ހަރަކާތްތެރި އަސްކަރިއްޔާއެއް އޮވެއެވެ.

ތައިވާން ސިޔާސީ ގޮތުން ބަލައިގަންނަނީ މަދު ގައުމަކުންނެވެ. ނަމަވެސް އެމެރިކާގެ ގާނޫނު ބުނާ ގޮތުން ތައިވާންގެ އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމަށް އެމެރިކާ އިން އެހީތެރިވެ ދޭން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އިންޒާރު ޗައިނާ އަށް، ރަޝިއާ އަށް އެހީވަންޏާ އޭގެ އަގު އަދާ ކުރަން ޖެހޭނެ
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް - ފުލުހުން
ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!
ދުނިޔޭގެ އެންމެ އުނދަގޫ ކޮލެޖް އެންޓްރަންސް އިމްތިހާނުގައި މިއަހަރު 13 މިލިއަނަށް ވުރެ ގިނަ ދަރިވަރުން
ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެއަށް ދަތުރު ފަށައިފި
ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ޗައިނާ އިން ދޮގުކޮށްފި