ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 17:06
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް
މިދިޔަ ސަރުކާރުން ފެށި ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް
އަދަދު
ފްލެޓު ކޮމިޓީގެ މަސައްކަތްތައް
ފްލެޓު ކޮމިޓީގެ މަސައްކަތްތައް އަވަހަކަށް ނުނިމޭނެ: ކޮމިޓީ
މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކޮށްފައިވަނީ އޭސީސީން
މިހާތަނަށްއައިރު މަސައްކަތްތަކާ ގުޅޭ ތަފްސީލެއް ހާމަކޮށްފައިނުވޭ

ފްލެޓު ކޮމިޓީގެ މަސައްކަތްތައް އަވަހަށް ނުނިމޭނެ ކަމަށް އެކޮމިޓީން ބުނެފިއެވެ.

ފްލެޓު ކޮމެޓީއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކުރިޔަށްގެންދިޔަ "ބިންވެރިޔާ" ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކާއި، ''ގެދޮރުވެރިޔާ'' ސްކީމްގެ ދަށުން ދޫކޮށްފައިވާ ފްލެޓުތަކުގެ މައްސަލަތައް ބަލައި، ހައުސިން މިނިސްޓްރީއަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމެޓީއެކެވެ.

ފްލެޓު ލިސްޓުގައި މައްސަލަ އުޅޭކަމަށް ބުނެ، މި މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.

އެގޮތުން އެ ލިސްޓުން ޝަރުތު ހަމަވަނީ ގާތްގަޑަކަށް އެންމެ 20 އިންސައްތަ ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއާއި އޭރުގައި ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެ މަސައްކަތް މިނިސްޓްރީން ކުރިއަށް ނުގެންގޮސް ސަރުކާރުން ވަނީ ފްލެޓު ކޮމިޓީއެއް އުފައްދާފައެވެ. ފްލެޓުތައް ދޫކުރަމުންދާނީ އެ ކޮމިޓީން މައްސަލަ ބެލުމުން ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ. ފްލެޓުތައް ދޫކޮށް، ލިސްޓު ނޭރޭނެ އިރަކާއި، މަސައްކަތް ގޮސްފައިވާ ހިސާބު ބަލަން ގިނަ ބަޔަކު ބޭނުންވެއެވެ.

26 ފެބްރުއަރީ 2024 ގައި ފްލެޓު ކޮމިޓީ އުފެއްދި ނަމަވެސް، މިހާތަނަށްއައިރު މަސައްކަތްތަކާ ގުޅޭ ތަފްސީލެއް ހާމަކޮށްފައިނުވެއެވެ. އަދި އިތުރު މައުލޫމާތު ހޯދުމަށް އެ ކޮމިޓީގެ މެންބަރުންނަށް ގުޅި ނަމަވެސް ފޯނެއް ވެސް ނުނަންގަވައެވެ.

ބުރާސްފަތި ދުވަހު 'މިހާރަށް' ފްލެޓް ކޮމިޓީގެ ޗެއާ އާމިނަތު އީނާސް ވިދާޅުވެފައިވަނީ އެ ކޮމިޓީއަކީ މިނިސްޓަރަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީއަކަށް ވާތީ އެ ކޮމިޓީގެ މަސައްކަތްތަކާ ބެހޭ މައުލޫމާތު އަމިއްލަ އަށް ހާމަނުކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ކޮމިޓީން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ލަފާ އަރުވަމުން އަންނަ ކަމަށާއި އެކަމާ ބެހޭ މައުލޫމާތުތައް މިނިސްޓްރީން ހާމަކުރާނެ ކަމަށެވެ. މަސައްކަތްތަކަށް ކިހާ ދުވަހެއް ނަގާނެތޯ ދެންނެވި ސުވާލަށް އޭނާ ވިދާޅުވެފައިވަނީ އެއީ ވަރަށް ގިނަ މަސައްކަތް ކަމަށްވާތީ، އަވަހަށް ނިމެނޭނެ ކަމަށް ނުބެލެވޭ ކަމަށެވެ.

- ކޮމެންޓް