ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 16:50
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ސިޔާސީ މަގާމުތަކަށް ބަދަލު ގެނައުން
ސިޔާސީ މަގާމުތަކަށް ބަދަލުތައް ގެންނަނީ ރައީސް ބޭނުންފުޅުވާ ގޮތަށް ކަންކަން ފަސޭހަކުރެއްވުމަށް: ހީނާ
 
ސިޔާސީ ބޭފުޅުން މަގާމުތަކުން ވަކިކުރަމުންދާއިރު، އެއްވެސް ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވޭ
 
ކުންފުނިތަކާއި ވުޒާރާތަކުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ
 
އެހެނިހެން ކަންކަން ސާފުކޮށްދިނުމަށް އަންނަ ހަފްތާގައި ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ

ސިޔާސީ މަގާމުތަކަށް ބަދަލުތައް ގެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ގޮތަށް ކަންކަން ފަސޭހަކުރެއްވުމަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ކުއްލި އަކަށް ސިޔާސީ މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ ކީއްވެގެންތޯއާއި، ބައެއް އިދާރާތަކުގެ ބޭފުޅުން ވަކިކުރައްވާ ސަބަބާއި ގުޅޭގޮތުން ސުވާލު ކޮށްފައެވެ. އެސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ މި ނޫސްވެރިންގެ ބައްދަލުވުން ޚާއްސަވެފައިވަނީ ސިޑްސް ކޮންފަރެންސާ ގުޅޭގޮތުން ކަމަށެވެ. އެހެންކަމުން ސުވާލުތައް ވެސް އެ ދާއިރާއިން ކުރުމަށް ހީނާ އެދިވަޑައިގެންނެވިއެވެ.

ހީނާ ވިދާޅުވީ، އެހެނިހެން ކަންކަން ސާފުކޮށްދިނުމަށް އަންނަ ހަފްތާގައި ރައީސް އޮފީހުން ނޫސްވެރިންގެ ބައްދަލުވުން ބާއްވާނެ ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި ފަސޭހަވާނެ ގޮތަކަށް ކުންފުނިތަކާއި ވުޒާރާތަކުގެ ހިންގުމަށް ގެންނަންޖެހޭ ބަދަލުތައް ރައީސް ގެންނަވާނެކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ސަރުކާރު ހިންގުމުގައި އެމަނިކުފާނު ފަސޭހަފުޅުވާ ގޮތަށް ނުވަތަ ކަންކަން ބައްޓަން ކުރެއްވުމަށް އެމަނިކުފާނަށް ބާރު ލިބިގެންވޭ. ކުންފުނިތަކަށް މީހުން އައްޔަން ކުރުމާއި ބަދަލުކުރުމާއި ވުޒާރާތަކަށް މީހުން އައްޔަން ކުރުމާއި މި ބަދަލު ކުރެއްވުމާއި. އެހެންވީމަ އެގޮތުގެ މަތިން ސަރުކާރު ހިންގުމުގައި އެމަނިކުފާނު ބޭނުންފުޅުވާ ކަންކަން ފަސޭހަފުޅު ކުރުމަށްޓަކައި ނުވަތަ އިތުރަށް ހަރުދަނާކޮށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަންޖެހޭ ކަންކަން އެމަނިކުފާނު އަބަދުވެސް ކުރައްވަމުން ގެންދަވާނެ
ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު

ސިޔާސީ ބޭފުޅުން މަގާމުތަކުން ވަކިކުރުމުންދާއިރު، އެކަމުގެ އެއްވެސް ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައިނުވެއެވެ.

އެގޮތުން 22 މެއި 2024 ގައި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގާއި އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި ހުންނެވި އަހްމަދު ޒުހޫރު ވަނީ އެ މަގާމުން ވަކިކޮށްފައެވެ. އަދި މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކޮށް، އަހުމަދު ޝަމާހު ރަޝީދު ވަނީ ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބުދަ ދުވަހު އައްޔަންކޮށްފަ އެވެ. މީގެއިތުރުން އެމްއެމްޕީއާރްސީގެ ޗެއަރޕާސަން އާއިޝާ ނޫރައިން ޖަނާހު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި ސަރުކާރުގެ ދެ ނައިބު ވަޒީރަކު ވަނީ ސަސްޕެންޑު ވެސް ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
- ގުޅުންހުރި
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
މިއަދަކީ ރާއްޖޭގެ ތާރީޚުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއްވާ ދުވަސްކަމުގައި ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފި
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް މުއިއްޒު އިންޑިއާ އަށް ވަޑައިގަންނަވައިފި
ރާއްޖެ އާއި އިންޑިއާ ދެމެދު އޮންނަ ގާތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ރައީސް މުއިއްޒު އެދިވަޑައިގެންފި
މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް އިންޑިއާ އަށް ވަޑައިގަންނަވަނީ