ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 15:36
ރ އުނގޫފާރު ހޮސްޕިޓަލް
ރ އުނގޫފާރު ހޮސްޕިޓަލް
ޓްވިޓަރ
އުނގޫފާރުގައި ކުދިންތަކެއް ކަރަންޓުގައި ޖެހުން
އުނގޫފާރުގައި 3 ކުއްޖަކު ކަރަންޓުގައި ޖެހި، އެކެއްގެ ހާލު ސީރިއަސްވެއްޖެ
މިކުދިންތައް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:40 ހާއިރު
ކަރަންޓު ފެންގަނޑަށް އައިސްފައިވަނީ ބައްތިދަނޑިއަކުން
ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން

ރ.އުނގޫފާރު މަގުމަތީގައި ކުޅެން އުޅުނު 3 ކުއްޖަކު ކަރަންޓުގައި ޖެހި، އެކެއްގެ ހާލު ސީރިއަސްވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އެރަށުގެ ކައުންސިލް މެންބަރު ނިހާ ހުސެއިން ވިދާޅުވީ ތިން ކުއްޖަކު ކަރަންޓުގައި ޖެހިގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ 18 އަހަރުގެ ފިރިހެން ކުއްޖަކާއި، 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އަންހެން ކުއްޖެއް ކަމަށެވެ. އަދި އަންހެން ކުއްޖާގެ އުމުރު ކަށަވަރުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނިހާ ވިދާޅުވީ ހާލު ސީރިއަސްވި 18 އަހަރުގެ ހުސެއިން އަތީކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށާއި، އޭނާގެ ހާލު ސިރިއަސް ކަމަށެވެ. އަދި މިހާރު ވެސް ސީޕީއާރް ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އަނެއް ދެކުދިންނަށް ވެސް ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކުދިންތައް އުނގޫފާރު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:40 ހާއިރުއެވެ.

ކަރަންޓު ފެންގަނޑަށް އައިސްފައިވަނީ ބައްތިދަނޑިއަކުންނެވެ. އަދި އެ ރަށު ކުޑަކުދިންގެ ޕާކުގެ މަސައްކަތްތައް ކުރާ ކަމަށް ކައުންސިލުން މައުލޫމާތުއެވެ.

- ކޮމެންޓް