ކ. މާލެ
|
22 މެއި 2024 | ބުދަ 19:40
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ވިއްސާރައިގައި މާލޭގެ ބައެއް މަގުތަކުގައި ފެންބޮޑުވުން
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް އޮރެންޖް އެލާޓް
ށ އަތޮޅުން ފެށިގެން ފ އަތޮޅަށް މިރޭ 10:30 އާ ހަމައަށް އޮރެންޖް އެލާޓް ވަނީ ނެރެފައި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް އޮރެންޖް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ށ އަތޮޅުން ފެށިގެން ފ އަތޮޅަށް މިރޭ 10:30 އާ ހަމައަށް އޮރެންޖް އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު 6 ޖެހުމާ ހަމައަށް އުތުރާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

މި ދުވަސްވަރަކީ ކަނޑުގަދަ، ވިއްސާރަ ދުވަސް ވަރަކަށް ވުމާއެކު، ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތުގައި މެނުވީ ކަނޑުދަތުރު ނުކުރުމަށާއި ދަތުރުކުރަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި ކުދި އުޅަނދުގައި ދަތުރުނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ފަޅު ރަށްރަށާއި ފިނޮޅު ފަދަ ތަންތަނަށް ދަތުރު ނުދިއުމަށާއި މޫދަށް ނޭރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް