ކ. މާލެ
|
21 މެއި 2024 | އަންގާރަ 21:03
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑުދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ޔެލޯ އެލާޓް
ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މިރޭ މެންދަމު 12:30 އާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށް މިރޭ މެންދަމު 12:30 އާ ހަމައަށް ޔެލޯ އެލާޓް ނެރޭކަމުގައެވެ. މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 28 މޭލާ 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.

މީގެއިތުރުން މެޓް އޮފީހުން ބުނީ މާދަމާ ހެނދުނު 6 ޖެހުމާ ހަމައަށް މެދު ރާއްޖެތެރެ އާއި އުތުރުގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.

- ކޮމެންޓް