ކ. މާލެ
|
20 މެއި 2024 | ހޯމަ 13:26
ތައިވާންގެ ރައީސް ވިލިއަމް ލައި
ތައިވާންގެ ރައީސް ވިލިއަމް ލައި
ގެޓީ އިމޭޖަސް
ތައިވާންގެ ރައީސް ވިލިއަމް ލައި
ތައިވާންގެ އައު ރައީސްގެ އިންޒާރެއް ޗައިނާ އަށް – ބިރުދެއްކުން ހުއްޓާލާ
ރައީސް ލައި ވިދާޅުވީ، ޗައިނާ އިން ތައިވާނަށް ބިރު ދެއްކުން ހުއްޓާލުމަށާއި އޭގެ ބަދަލުގައި ވާހަކަ ދެއްކުން އިސްކުރުމަށް

ތައިވާންގެ ރައީސް ކަމުގެ މަގާމަށް ހޯމަ ދުވަހު ހަވާލުވެ ވަޑައިގެންނެވި ވިލިއަމް ލައި މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ދެއްވި ތަގުރީރުގައި ޗައިނާ އަށް ވަރުގަދަ ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.

ރައީސް ލައި ވިދާޅުވީ، ޗައިނާ އިން ތައިވާނަށް ބިރު ދެއްކުން ހުއްޓާލުމަށާއި އޭގެ ބަދަލުގައި ވާހަކަ ދެއްކުން އިސްކުރުމަށެވެ.

ތައިވާނަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާ އިން ދެކޭއިރު، ރައީސް ލައި ވިދާޅުވީ، ބިރުދެއްކުމުގެ ކުރިމަތީގައި ތައިވާނުން ފަހަތައް ނުޖެހޭނެ ކަމަށެވެ.

އައު ރައީސް މަގާމާ ހަވާލުވެ ވަޑައިގަތް ދަނޑިވަޅަކީ ޗައިނާ އާއި ތައިވާނުގެ ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއް ކަން ފާހަގަ ކުރެވެއެވެ.

ކަނޑުގެ މަގުންނާއި ވައިގެ މަގުން ތައިވާންގެ ސަރަހައްދުގެ ތެރެއަށް ފާއިތުވި ދެތިން އަހަރުގެ ތެރޭގައި އާއްމު ގޮތެއްގައި ޗައިނާގެ އަސްކަރީ އުޅަނދުތަކުން ވަންނަމުން ގޮސްފައިވެއެވެ.

ލައިގެ ފުރަތަމަ ތަގުރީރުގައި ޗައިނާގެ އަމަލުތައް ސިފަ ކުރައްވާފައިވަނީ ދުނިޔޭގެ ސުލްހަ އަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ.

އުމުރުފުޅުން 64ގެ ލައި އަކީ ކުރިން ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު ސިޔާސީ ދާއިރާ އަށް ނުކުންނެވި ބޭފުޅެކެވެ.

އޭނާ 2020 ވަނަ އަހަރުން ފެށިގެން ހުންނެވީ ތައިވާންގެ ނައިބު ރައީސްގެ މަގާމުގައެވެ. އޭގެ ކުރިން ތައިވާންގެ ބޮޑު ވަޒީރުކަން ވެސް ކުރެއްވިއެވެ.

ރައީސް ލައި އަކީ މާ ކުރިންވެސް ތައިވާންގެ ފުރިހަމަ މިނިވަންކަމަށް ތާއީދު ކުރައްވާ ޗައިނާގެ ސިޔާސަތުތަކަށް ފާޅުގައި ނުރުހުން ފާޅު ކުރައްވާ ފަރާތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބޭފުޅެކެވެ.

ރައީސް ކަމާ ލައި ހަވާލުވެ ވަޑައިގެންނެވި އިރު ވަޒީފާ ނުލިބުމުގެ މައްސަލަ އާއި ދިރިއުޅުމުގެ އަގު މައްޗަށް ދިއުމުގެ މައްސަލަ ތައިވާން ގައި ވަނީ ބޮޑުވެފައެވެ.

ތައިވާންގެ އިގްތިސާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ސެމީކޮންޑަކްޓަރ އުފެއްދުމުގެ މައްޗަށެވެ. ދުނިޔޭގައި ބޭނުން ކުރާ ސެމީކޮންޑަކްޓަރގެ ދެބައިކުޅަ އެއްބަޔަކީ ތައިވާނުގެ އުފެއްދުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ބިލިއަނުން ޚަރަދުކޮށްގެން ރައްކާ ކުރި އަސްކަރީ ސިއްރުތައް، މަގުމަތީ ބާޒާރުން ލިބެން ހުރީ ބާ ކަރުދާހުގެ ގޮތުގަ!
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލްގެ އިންޒާރު ޗައިނާ އަށް، ރަޝިއާ އަށް އެހީވަންޏާ އޭގެ އަގު އަދާ ކުރަން ޖެހޭނެ
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
މިހާތަނަށް ބެލި ބެލުމުން މަރުވެފައި ތިއްބާ ފެނުނު މީހުންނާއި، ޗައިނާ ވައިޓާއި ގުޅުން ހުރި ކަމަށް ފެންނަން ނެތް - ފުލުހުން
ޗައިނާތަ؟ 100 އިންސައްތަ އަސްލު ކަމާ މެދު ޝައްކު ކޮށްފަ ނުކުރާނެ ކަމެއް ހަމަ ނެތް!
ދުނިޔޭގެ އެންމެ އުނދަގޫ ކޮލެޖް އެންޓްރަންސް އިމްތިހާނުގައި މިއަހަރު 13 މިލިއަނަށް ވުރެ ގިނަ ދަރިވަރުން
ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެއަށް ދަތުރު ފަށައިފި
ސުލްހައިގެ ސަމިޓަށް ގައުމުތަކުން ނުދިއުމަށް ޗައިނާ އިން ބާރު އަޅާ ކަމަށް ޔޫކްރެއިންގެ ރައީސް ދެއްކެވި ވާހަކަ ޗައިނާ އިން ދޮގުކޮށްފި