ކ. މާލެ
|
16 މެއި 2024 | ބުރާސްފަތި 21:40
ކަނޑުގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ
ކަނޑުގަދަ ދުވަހެއްގައި ކަނޑު ދަތުރުކުރަނީ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ވައިޓް އެލާޓް
މިރޭ މެންދަމު 3:30 އާ ހަމައަށް ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ އެލާޓް ނެރެފައި

ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ މެންދަމު 3:30 އާ ހަމައަށް ށ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރޭކަމުގައެވެ.

މިވަގުތުތަކުގައި އެސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ވަނީ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފަސް ދުވަސް ވަންދެން ރާއްޖޭގެ ކަނޑުތައް ގަދަވާނެތީ މޫސުމަށް ސަމާލުވުމަށް މީގެކުރިންވެސް އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް