ކ. މާލެ
|
8 އޯގަސްޓް 2017 | އަންގާރަ 09:16
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ
ބީބީސީ
ފިލިޕޭ ކުޓީނިއޯ
ކުޓީނިއޯ ވިއްކާލަން ލިވަޕޫލް އިން އަދިވެސް އެއްބަހެއް ނުވޭ!
ކްލޮޕް ބުނީ ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށް
ކުޓީނިއޯ ވަނީ 2022 ގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައި

ލިވަޕޫލް އަށް ކުޅެމުން އަންނަ ފިލިޕޭ ކުޓީނިއޯ ވިއްކާލަން އަދިވެސް އެ ކްލަބުން އެއްބަސް ނުވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބާސާ އިން ކުޓީނިއޯ ހޯދަން އުޅޭކަމަށް އަޑުތައް ފެތުރެމުންދާއިރު، އެ ކްލަބުގެ ކޯޗު ޔާގަން ނޫސްވެރިންނަށް މައުލޫމާތު ދެމުން ކްލޮޕް ބުނީ ކުޓީނިއޯ އަކީ ވިއްކާ ކުޅުންތެރިޔެއް ނޫން ކަމަށާއި، އެ ނިންމުމަކީ ކްލަބްގެ އިތުރުން އޭނާގެވެސް ނިންމުން ކަމަށެވެ.

ކްލޮޕް ބުނީ ކުޓީނިއޯ ލިވަޕޫލްދެކެ ވަރަށް ލޯބިވާ ކަމަށާއި، މިވަގުތު އޭނާ ހުރީ ކްލަބާއެކުގައި ކަމަށެވެ. އެގޮތުން ކުޓީނިއޯއާ މެދު އިތުރަށް ދެން ދެއްކޭނެ ވާހަކައެއްވެސް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސްޕެއިންގެ ބައެއް ރިޕޯޓްތައް ބުނާގޮތުން ކުޓީނިއޯގެ ޓްރާންސްފާއާ ގުޅިގެން ބާސާ އަދި ލިވަޕޫލް ވަނީ މަޝްވަރާކޮށްފައި ކަމަށާއި، އެހެންނަމަވެސް ޓްރާންސްފާއާ ގުޅިގެން އަދިވެސް ދެ ކްލަބް އެއްބަސްވުމަކަށް ނާންނަ ކަމަށެވެ.

ގިނަ ކްލަބްތަކުން ހޯދުމަށް ޝައުގުވެރިވާ ކުޓީނިއޯ ހޯދުމަށް ބާސާއިން ވަނީ ޖެނުއަރީ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2022 ވަނަ އަހަރުގެ ނިޔަލަށް ލިވަޕޫލާއެކު އެއްބަސްވުން ހަދާފައިވާ ކުޓީނިއޯ ދޫކޮށްލަން ލިވަޕޫލުން އެފަހަރު އެއްބަހެއް ނުވިއެވެ.

ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުމުރުން 24 އަހަރުގެ ކުޓީނިއޯ ވަނީ މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު 36 މެޗުގައި 14 ލަނޑު ކާމިޔާބުކޮށްފައެވެ.

އިޓަލީގެ އިންޓަ މިލާނުން 2012 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި ކުޓީނިއޯ ވަނީ އެ ކްލަބަށް މިހާތަށް ކުޅުނު 182 މެޗުގައި 42 ލަނޑު ކާމިޔާބުކޮށްފައެވެ.

ކުޓީނިއޯ ވަނީ ބްރެޒިލް ގައުމީ ޓީމާއެކު 20 އަހަރުން ދަށުގެ ވޯލްޑްކަޕް އަދި 17 އަހަރުން ދަށުގެ ސައުތު އެމެރިކަން ފުޓްބޯލް ޗެމްޕިއަންޝިޕްވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން އޭނާ ވަނީ ފާއިތުވެ ދިޔަ ދެ ސީޒަނުގައި ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.

 

- ކޮމެންޓް