ކ. މާލެ
|
10 މެއި 2024 | ހުކުރު 14:28
އިންޑިއާގައި އުފައްދާ ކެއުމުގެ ބާވަތްތައް
އިންޑިއާގައި އުފައްދާ ކެއުމުގެ ބާވަތްތައް
އިންޑިއާ ޓައިމްސް
އިންޑިއާގައި އުފައްދާ ބާވަތްތައް
އިންޑިއާއިން އުފައްދާ 400ށް ވުރެ ގިނަ ކާއެއްޗެތީގެ ބާވަތްތައް ވިހަ ކެމިކަލްތަކުން ތަޣައްޔަރުވެފައިވާ ކަމަށް އީޔޫއިން ހާމަކޮށްފި
 
ވިހަ އެކުލެވޭ 400 ބާވަތުގެ ކާތަކެތި އާއްމުކޮށްފައިވާ އިރު މީގެ ތެރޭގައި ހިމެނޭ 14 ބާވަތެއް ބޭނުން ކުރުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ނުރައްކާވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެފައިވޭ

އިންޑިއާގައި އުފައްދާ ކާއެއްޗެތީގެ ބާވަތްތަކުގެ ތެރެއިން 400ށް ވުރެ ގިނަ ބާވަތުގައި ކެންސަރު ޖެހުމަށް މަގުފަހިވާ ނުރައްކާތެރި ކެމިކަލް ހިމެނޭ ކަމަށް ޔޫރަޕިއަން ޔޫނިއަން އިން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

އިންޑިއާ އެކްސްޕޯޓް ކުރާ މި ބާވަތްތަކުގައި މަތީ މިންވަރަކަށް ވިހަ ކެމިކަލް ހިމެނޭކަން ފާހަގަވީ 2019ން 2024 އާ ދެމެދު ޔޫރަޕިއަން ޔޫނިއަން އިން ހެދި ދިރާސާތަކުންނެވެ.

ޑެކަން ހެރަލްޑްގައި ޝާއިއު ކޮށްފައިވާ މި ޚަބަރުގައި ވިހަ އެކުލެވޭ 400 ބާވަތުގެ ކާތަކެތި އާއްމުކޮށްފައިވާ އިރު އެ ޚަބަރުގައި ވާ ގޮތުން، މީގެ ތެރޭގައި ހިމެނޭ 14 ބާވަތެއް ބޭނުން ކުރުމުން ހަށިގަނޑުގެ އެކި ގުނަވަންތަކަށް ނުރައްކާވާ ކަން ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

މީގެ އިތުރުން 59 ބާވަތެއްގައި މަތީ މިންވަރަކަށް ކެންސަރު ޖެހުމަށް މަގުފަހިވާ ޕެސްޓިސައިޑް އެކުލެވޭކަން ފާހަގަ ކުރެވިފައިވާ ކަމަށްވެސް މި ޚަބަރުގައިވެއެވެ.

ހަނޑުލާއި، ހަނޑޫ ފުށާއި، ކޮފީއާއި، ހަވާދާއި ފަތްޕިލާވެލި ފަދަ ބާވަތްތަކުން ފެނިފައިވާ ކެމިކަލްތަކުގެ ތެރޭގައި ކެންސަރު ޖެހުމަށް މަގުފަހިވާތީ ޔޫރަޕްގައި ބޭނުން ކުރުން މަނާކޮށްފައިވާ ފަންގިސައިޑް ހިމެނޭ ކަމަށްވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް