ކ. މާލެ
|
10 މެއި 2024 | ހުކުރު 13:16
އިންޑިޔާ އަދި ރާއްޖޭގެ ސިފައިން
އިންޑިޔާ އަދި ރާއްޖޭގެ ސިފައިން
އެމްއެންޑީއެފް
އިންޑިއާ ސިފައިން ފޭބުން
ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ފައިބާފައިވާ ކަމަށް ސަރުކާރުން ބުނެފި
 
ރާއްޖޭގައި ހަތިޔާރު އެޅި 1000ށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށް މީގެކުރިން ބުނެފައިވޭ
 
އެންމެފަހު ބެޗުގައި ފޮނުވާލީ ކިތައް ސިފައިންކަން ސަރުކާރުން ހާމަކޮށްފައިނުވޭ

ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން ފައިބާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބައެއް މީޑިއާތަކަށް މިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް އެންމެފަހު ބެޗުގައި ފޮނުވާލީ ކިތައް ސިފައިންކަން ސަރުކާރުން ހާމަކޮށްފައިނުވެއެވެ.

މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން 51 މީހަކު އެދުވަހާއި ހަމައަށް ފައިބައިފައިވާ ކަމަށެވެ. އެއީ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ސިފައިން ކަމަށް ހިނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ގޮސް ނިމުމުން ރާއްޖެ އައި މަދަނީންގެ އަދަދު ހާމަކުރާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާއި ގުޅޭގޮތުން ސަރުކާރުން ހާމަކޮށްފައިވަނީ އެކިފަހަރު އެދި އަދަދުތަކެވެ. އެންމެފަހުން އިންޑިއާގެ ސިފައިންގެ އަދަދާއި ގުޅޭގޮތުން ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަަށާއި މިހާތަނަށް ބެލި ލިޔެކިޔުންތަކުން 77 އާއި 89އާ ދެމެދުގެ އަދަދުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

ނަމަވެސް މިސަރުކާރު އިދިކޮޅުގައި އޮތްއިރު، ރިޔާސީ އިންތިޚާބުގެ ކެންޕޭންގެ ތެރޭގައި ތުހުމަތުކުރަމުންދިޔައީ ރާއްޖޭގައި ހަތިޔާރު އެޅި 1000ށް ވުރެ ގިނަ އިންޑިއާ ސިފައިން ތިބި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް