ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 15:34
އެމެރިކާގެ ރައީސް ޖޯ ބައިޑަން
އެމެރިކާގެ ރައީސް ޖޯ ބައިޑަން
ރޮއިޓާސް
އެމެރިކާގައި އުފައްދާ ބޮން
އެމެރިކާގައި އުފައްދާ ބޮން އިޒްރޭލް ސިފައިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޭނުން ކުރި ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފި
 
ބައިޑްން ވިދާޅުވީ އާއްމުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިދާނެ ހަތިޔާރު އެމެރިކާއިން އިޒްރޭލަށް ފޯރުކޮށް ނުދެއްވާނެ ކަމުގައި
 
އިޒްރޭލް ސިފައިން ގާޒާގެ ދެކުނުން އޮންނަ ރަފާ ސިޓީއަށް އަރަން ހިންގާ އުދުވާނަށް ބައިޑްން ވަނީ ދެކޮޅު ހައްދަވާކަން އެތައް ފަހަރަކު ހާމަކުރައްވާފަ

އެމެރިކާގައި އުފައްދާ ބޮން އިޒްރޭލް ސިފައިން ފަލަސްތީނުގެ އާއްމުންނަށް އަމާޒުކޮށް ބޭނުން ކުރި ކަމަށް އެމެރިކާގެ ރައީސް އެއްބަސްވެވަޑައިގެންފިއެވެ.

ރައީސް ބައިޑްން ވިދާޅުވީ އެފަދަ ބޮމުގެ ހަމަލާތަކުގައި އާއްމުން މަރުވެފައިވާ ކަން އެނގިވަޑައިގަންނަވާ ކަމުގައެވެ.

ބައިޑްން މި މޭރުމުން ވާހަކަފުޅު ދެއްކެވީ، އެމެރިކާގައިން އުފައްދާ 900 ކިލޯގްރާމްގެ ބޮން އިޒްރޭލަށް ފޯރުކޮށްދޭތީ އެކަމާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭ ގޮތުން ބައިޑްން ވިދާޅުވީ އާއްމުންނަށް ހަމަލާ ދިނުމަށް ބޭނުން ކުރެވިދާނެ ހަތިޔާރު އެމެރިކާއިން އިޒްރޭލަށް ފޯރުކޮށް ނުދެއްވާނެ ކަމުގައެވެ.

އިޒްރޭލް ސިފައިން ގާޒާގެ ދެކުނުން އޮންނަ ރަފާ ސިޓީއަށް އަރަން ހިންގާ އުދުވާނަށް ބައިޑްން ވަނީ ދެކޮޅު ހައްދަވާކަން އެތައް ފަހަރަކު ހާމަކުރައްވާފައެވެ.

ރަފާ އަށް އަމާޒުވާ އިޒްރޭލުގެ ހަމަލާތައް ވަރުގަދަ ވަމުންދާއިރު، ގޮތް ހުސްވެފައިވާ ފަލަސްތީންގެ އާއްމު ރައްޔިތުން ގެންދަނީ އެ ސަރަހައްދު ދޫކޮށް ރައްކާތެރި ކޮންމެވެސް އެހެންތަނަކަށް ދެވޭތޯ މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ޖޭކް ސުލިވަން ވަނީ ހަމާސް އަށާއި އިޒްރޭލަށް ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ގޮވާލައްވާފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާ ތަކުގައި މިހާތަނަށް 34،844 މީހުން މަރުވެފައިވެއެވެ. 78،404 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
100%
0%
ކޮމެންޓް
ގުޅުންހުރި
ރަފާ ސިޓީ އަށާއި ޖަބާލިއާ ރެފިއުޖީ ކޭމްޕަށް ހުއްޓުމެއް ނެތި އިޒްރޭލުން ހަމަލާ ދެނީ
ސައުދީ ވަލީ އަހުދު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރާ ބައްދަލު ކުރައްވައިފި - އިޒްރޭލާ ސައުދީ ގުޅުން ގާއިމް ކުރުން އެއް ފިޔަވަޅު ކުރިއަށް
އިޒްރޭލުން ގާޒާ ހިފުމަށް ފަހު ކަންކުރާނެ ގޮތުގެ ޕްލޭނަކާ މެދު ނަތަންޔާހޫގެ ކޯލިޝަން ކެބިނެޓް ގައި ނުތަނަވަސްކަން އިތުރު ވަނީ
އިޒްރޭލުން ހަމަލާދީ ގާޒާ އިން ވޭތުވެ ދިޔަ 24 ގަޑީއިރު ތެރޭ ފަލަސްތީނުގެ 83 މީހުން މަރާލައިފި
އިޒްރޭލުން ހިތުހުރި ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން މަރަމުން ދާއިރު އިސްލާމީ ގައުމު ތަކުގެ ވެރިން ކޮބާ؟
އިޒްރޭލްގެ އުދުވާން ކިތަންމެ ދިގުލައި ދިޔަޔަސް ހަމަލާތަކަށް ކުރިމަތި ލުމުގައި ދެމި ތިބޭނަން: ހަމާސް
ރަފާ އަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމުގެ އަމުރަކަށް އެދި އދ ގެ ކޯޓަށް ހުށަހެޅި މައްސަލައިގައި އިޒްރޭލުން ދިފާއުގައި ވާހަކަ ދައްކައިފި
ގާޒާ އިން ވަގުތުން އިޒްރޭލް ސިފައިން ފޭބުމަށް އަރަބް ލީގުން ގޮވާލައިފި