ކ. މާލެ
|
9 މެއި 2024 | ބުރާސްފަތި 11:16
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުވުމުގެ އުފާ ފާޅުކުރަނީ
ބާސެލޯނާ އިން ސްޕެނިޝް ލީގު ކާމިޔާބުވުމުގެ އުފާ ފާޅުކުރަނީ
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާގެ ސަޕޯޓަރުންނަށް ލެޕްޓޮޕް މަނާ!
 
ލެޕްޓޮޕް އާއި އަގުބޮޑު ބައެއް ތަކެތި ބަހައްޓާނެ ޖާގަ ދަނޑުގައި ނެތް

މި ސީޒަނުގައި ބާސެލޯނާ ކުޅޭ މެޗުތަކަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުވުމަކީ ކުލަބުގެ ކަންބޮޑުވުމެވެ. ކުލަބުގެ ރަސްމީ ދަނޑު ކަމަށްވާ 99000 މީހުންގެ ކޭމްޕް ނޯގައި އަލުން ބިނާކުރާތީވެ، މެޗުތައް ކުޅެނީ އޭގެ 50 ޕަސެންޓް ޖާގަ އޮތް އޮލިމްޕިކް ސްޓޭޑިމްގަ އެވެ. ކޭމްޕް ނޯގައި ކުޅޭއިރު ދަނޑު އޮންނަނީ ފުރި ބާރުވެފަ އެވެ. ނަމަވެސް މިހާރު މެޗުތައް ކުޅޭއިރު ވަރަށް ގިނަ މެޗުތަކުގައި ގޮނޑިތައް ހުސްކޮށްހުރެ އެވެ.

މިއީ ބާސެލޯނާގެ ނަތީޖާތައް ދަށުވުމުގެ ސަބަބުން އެކަނި އައިސްގެން އުޅޭ ބަދަލެއްނޫނެވެ. މިކަން ހައްލު ކުރުމަށް ކޮންމެ މެޗަކަށް ވީހާ ވެސް ގިނަ މީހުން ވަނުމަށް ބާސެލޯނާގެ ސަޕޯޓަރުންނަށް ރައީސް ހުއާން ލަޕޯޓާ ވެސް ވަނީ ގޮވާލައިފަ އެވެ. ނަމަވެސް އޭނާގެ ގޮވާލުމަށް ވެސް ސަޕޯޓަރުންގެ މާބޮޑު އަޅާލުމެއް ނެތެވެ.

މި ސީޒަނުގައި ބާސެލޯނާގެ ގިނަ މެޗުތައް ތާވަލްކޮށްފައިވަނީ ހަވީރު ނުވަތަ އިރާކޮޅުގެ ވަގުތުތަކަށެވެ. ސަޕޯޓަރުންނަށް ދަނޑަށް ވަދެ ތިބުމަށް އުނދަގޫވާ އެއް ސަބަބަކީ މިއެވެ. އެއީ އޮފީސްތައް ނިންމާފައި ގެއަށް ދިއުމުގެ ކުރިން މެޗުބަލަން ވަންނައިރު އެމީހުންގެ ލެޕްޓޮޕް އާއި އަގުބޮޑު ބައެއް ތަކެތި ބަހައްޓާނެ ޖާގަ ދަނޑުގައި ނެތީ އެވެ. ލެޕްޓޮޕް ހިފައިގެން ދަނޑަށް ވަނުން އޮތީ މަނާކޮށްފަ އެވެ.

ބާސެލޯނާގެ ކޭމްޕް ނޯގައި މެޗުތައް ކުޅޭއިރު ސަޕޯޓަރުންގެ މިފަދަ ތަކެތި ބަހައްޓައި ރައްކާކުރާނެ ތަޅުލެވޭ އޮޓެމެޓިކް ލޮކަރުތަކެއް ބަހައްޓާފައި ހުރެ އެވެ. ނަމަވެސް އޮލިމްޕިކް ސްޓޭޑިއަމުގައި މި ފުރުސަތު ނެތުމުން ގިނަ ބަޔަކު އޮފީސް ނިންމާފައި ގެއަށް މިސްރާބު ޖަހަނީ ޓީވީން މެޗުބަލަން ނިންމައިގެންނެވެ. ސަޕޯޓަރުން މަދުވުމުން ކުލަބުގެ އާމްދަނީ ދަށްވާތީވެ ކުލަބުން ވަނީ ކަންބޮޑުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް