ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ބަލިކޮށް ޕީއެސްޖީ އަށް ޗެމްޕިއަންސް ފައިނަލަށް ދެވޭނެ ކަމަށާއި އެކަމަށް އެންމެ ބޮޑު އެހީއެއް ވެދެވޭނީ ފޯވަޑް ކީލިއަން އެމްބާޕޭ އަށް ކަމަށް ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
މި ދެ ޓީމު މިދިޔަ ހަފުތާގައި ޑޯޓްމުންޑްގައި ކުޅުނު މެޗު 1-0އިން ކާމިޔާބުކުރީ ޑޯޓްމުންޑެވެ. މިހެންވެ އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލުމަށް އެމްބޭޕޭގެ ބޭނުން ހިފާނެ ގޮތަކީ ކޮބާތޯ އެހުމުން އެންރީކޭ ބުނީ އެމްބާޕޭ އަކީ މި ފަދަ މެޗުތަކަށް ހާއްސަ ކުޅުންތެރިއެއް ކަމަށެވެ.
އެންމެ ބޮޑަށް އެހީތެރިވެވޭނީ އޭނާ އަށް. އަހަރުމެން ޓީމަކީ ފޯވަޑުންނަށް މަދު ބޯޅަތަކެއް ވެސް ދީގެން މޮޅުވާން އެނގޭ ބައެއް. އަދި އަހަރުމެންގެ ފޯވަޑުންނަކީ ލިބޭ އެންމެ ބޯޅައަކުން ނަތީޖާ ނެރޭ ބައެއް. މިކަމަށް އެންމެ ހާއްސަ މީހަކީ އެމްބާޕޭއެންރީކޭ
އަމިއްލަ ދަނޑުގައި ބަލިވި ނަމަވެސް ރަށުން ބޭރުގައި ސްޕޭނުގެ ބާސެލޯނާ ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކުރި ޓީމުގެ ކޯޗު ބުނީ ފްރާންސް ބަހުން ދަންނަ ހަމައެކަނި ބަހަކީ މިދަނީ މޮޅުވާން ކަމަށާއި އެބަސް ތަކުރާރުކުރާ ކަމަށެވެ. އަދި ޖަރުމަނުގައި ބަލިވި ނަމަވެސް އަމިއްލަ ދަނޑަށް މިރޭ ނުކުންނަނީ ޕްރެޝަރެއް ނެތި ކަމަށެވެ
އެއީ އަހަރެން ވަރަށް ގަޔާވާ ބަހެއް. އަހަރުމެން މިދަނީ މޮޅުވާން. އަހަރުމެންނަށް މޮޅުވެވޭނެ. އެންމެ މުހިންމު ކަމަކީ ފަހަތުގައި ތިބެފައި މޮޅުން މޮޅުވާން އެނގުން. އެކަން ކުރުމަށް ބޭނުންވާ ހިތްވަރާއި ފަންވަރު ހުރުން. އަހަރުމެން މިދަނީ މޮޅުވާންއެންރީކޭ
2015 ވަނަ އަހަރު ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ބުނީ ޕީއެސްޖީ އަކީ ވަރަށް ޒުވާން ޓީމެއް ކަމަށާއި ނަމަވެސް އޭނާގެ ޓީމަކީ އަމާޒެއް އޮވެގެން ދަތުރުކުރާ ބައެއް ކަމަށެވެ.
މި މެޗުން މޮޅުވާ ޓީމެއް ފައިނަލުގައި ކުޅޭނީ ޖަރުމަނުގެ ބަޔާން މިއުނިކް ނުވަތަ ސްޕޭނުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ އެވެ.