ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 19:42
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ
ރާއްޖެއެމްވީ
ކަރަންޓް ބިލުތަކަށް ޑިސްކައުންޓް ދިނުން
ޑިސްކައުންޓް ހިމެނުމަށްފަހު މިރޭގެ ނިޔަލަށް ބިލުތައް ފޮނުވާނެ: ފަހުމީ
 
ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައި

ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ކުރަމުން އަންނަކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ފޮނުވާފައިވާ ބިލްތަކުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ހާމަކުރެއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އޭރު ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރއީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް ވެސް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށެވެ.

އޭގެފަހުން ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން ސްޓެލްކޯއިން ވާނީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް ތަންފީޒުކޮށްފައިކަމަށެވެ. އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންކަމަށެވެ.

މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ވަނީ ހަމަޖެހިފައިކަމަށް ފަހުމީ ކުރެއްވި ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.

ބޮޑުވި ކަރަންޓް ބިލުތަކަށް ޑިސްކައުންޓް ދޭނެކަން ނިންމާ އެކަން އިއުލާންކުރީ ކަރަންޓް ބިލު ބޮޑުވެ އެކަމުގެ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވިފަހުންނެވެ. މި މަހު އައި ކަރަންޓު ބިލްތައް ވަނީ ދެގުނަ ބޮޑުވެފައެވެ. ރޯދަ މަހު ލުއި ދިނުމުގެ ގޮތުން ކަރަންޓާއި ފެނުން ޑިސްކައުންޓް ދިން ނަމަވެސް، ރޯދަ މަސް ނިމި ގެތަކަށް ފޮނުވި އެޕްރީލް މަހުގެ ބިލްތަކުގައިވާގޮތުން، މީގެ ކުރިން 1000 ރުފިޔާ އެރި ބިލްތަކަށް ވަނީ 3000 ރުފިޔާ އަރާފައެވެ. އަދި މިއާ އެކު ގިނަ ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް އަމާޒުވެގެންދިޔައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ދިފާއު ކުރައްވާ ފަހުމީ ވިދާޅުވެފައިވަނީ ބިލް ކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ރޯދަމަހުގެ ދުވަސްތަކުގެ ތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުންނާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން އަބަދުވެސް ސަރުކާރުން ނިންމާ ނިންމުންތަކަށް ތަބާވާނެ ކަމަށާއި، ރޯދަމަހަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި އަލަށް ކަރަންޓުލި ފަރާތްތައް ވެސް މި ޑިސްކައުންޓް ދިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް