ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 14:21
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރ
މަޝްރޫއުތައް އެމްޑަބްލިޔުއެސްސީއަށް
ފެނަކައިން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް އެމްޑަބްލިޔުއެސްސީއަށް ހަވާލުކުރަނީ
 
ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން ކުރީގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފައި
 
ފެނަކައިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު ހަވާލުކުރުމަށް ނިންމާފައިވޭ

ފެނަކަ ކޯޕަރޭޝަނުންގެ ދަށުން ހިންގަމުންދިޔަ ހުރިހާ މަޝްރޫއެއް މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް (އެމްޑަބްލިޔުއެސްސީ) އާ ހަވާލުކުރުމަށް މަޝްވަރާކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓަކްޗަރގެ ޓެކްނިކަލް ޓީމުން ވަނީ ފެނަކަ އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރުންނާއި ބައްދަލުކުރައްވައި މަޝްވަރާކޮށްފައެވެ.

މަޝްވަރާކޮށްފައިވަނީ ފެނަކައިން ހިންގަމުންދިޔަ ފެނާއި ނަރުދަމާ މަޝްރޫއުތައް ހަވާލު ކުރުމުގެ މަސައްކަތާއި ގުޅޭގޮތުންނެވެ. އެގޮތުން ފެނަކައިން ކުރިއަށް ގެންދިޔަ 16 ރަށެއްގެ ފެނާއި ނަރުދަމާގެ މަޝްރޫއު މިހާރު އެމްޑަބްލިޔުއެސްސީ އާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ.

ޤާނޫނު ނަންބަރު 8/2020 (ފެނާއި ނަރުދަމާގެ ޤާނޫނު) ގެ ދަށުން ތައްޔާރުކުރަންޖެހޭ ފެނާއި ނަރުދަމާގެ ގައުމީ ސްޓްރެޓީޖިކް ޕްލޭން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން ވަނީ އިއުލާނު ކޮށްފައެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު 6 (ހައެއް) ސިޔާސަތު ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުމަށާއި، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށާއި، ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި، މިދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމައެއް ބިނާކުރުމުގެ މައްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
100%
0%
0%
ކޮމެންޓް