ކ. މާލެ
|
4 މެއި 2024 | ހޮނިހިރު 14:00
ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ރާއްޖެއެމްވީ
ޖަލު މީހުން ރިހެބިލިޓޭޓް ކުރުން
ރާއްޖޭގައި ގާއިމްކުރާ ސެންޓްރަލް ޖަލަކީ ރިހެބިލިޓޭޝަން ސެންޓަރެއް: މިނިސްޓަރު އިހުސާން
 
ޖަލުގައި މަސައްކަތް ކުރާ ރަނގަޅު ގައިދީންނަށް ރަނގަޅު ފުރުސަތުތައް ލިބޭނެ
 
ޖަލަކީ މީހުންނަށް އަދަބުދޭނެ ތަނެއް ނޫން
 
ޖަލުތަކަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑު

ދިވެހިރާއްޖޭގައި ގާއިމްކުރާ ސެންޓްރަލް ޖަލަކީ ރިހެބިލިޓޭޓް ސެންޓަރެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އެންމެފަހުން ބޭއްވި އަހާ ޕްރޮގްރާމްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލުތަކަށް ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަމަށެވެ. ބޮޑެތި ކުށްތައް ކުރާ މީހުންނާއި، ބޮޑެތި އެހެނިހެން ކުދި ކުށްތައް ކުރާމީހުން ވަކިކުރެވޭ އެންމެ ބޮޑަށް ވަކި ކޮށްފައިވާ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ސެންޓަރަލް އެއްޖަލު ވަކިން ގާއިމްކުރާނެކަން ފާހަގަކުރައްވައި މިނިސްޓަރު އިހުސާން ވިދާޅުވީ އެޖަލަކީ މީހުންނަށް އަދަބުދޭނެ ތަނެއް ނޫން ކަމަށާއި، އެއީ ރިހެބިލިޓޭޓް ކުރާ ސެންޓަރަކަށް ހަދާނެ ކަމަށެވެ.

އެގޮތުން ކެއްކުމާއި، ފެހުމާއި، ސާފުކުރުމާއި އަދި މެއިންޓަނަންސްގެ މަސައްކަތްތައް ގައިދީން ކުރާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ މިމަސައްކަތުގައި ހަރަކާތްތެރިވާ މީހުންނަށް ކޮންމެވެސް ލެވަލްއެއްގެ ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.

އެގޮތުން އެތަން ފެށޭނީ ކުޑަކުދިންނާއި ބޮޑެތި މީހުން ވަކިވެގެން އަދި އޭގެތެރޭގައި އަންހެން ފިރިހެން ވަކިވެ އޭގެ ކޮންމެ ކެޓަގަރީގެ ތޭރޭގައި ކުރާ ކުށާއި، ކުށްތަކުގެ ބާވަތާއި އަދި އެމީހާގެ ތްރެޓް ލެވަލްއަށް ބަލާފައި ސެކިއުރިޓީ ލެވަލްއަށް ވެސް ބަލައިގެން ސެގްރިކޭޓް ކުރެވިގެން. މިއިން ކޮންމެ ބާވަތެއްގެ މީހަކަށް އަޅުގަނޑުމެންގެ ވިސްނުމަކީ ފުރުސަތެއް ދޭން ޖަލުގައި މަސައްކަތެއް ކުރުމަށް. ރިހިބެލްޓޭޓްވާން އެމީހަކު ކުރި ކުށް އެމީހަކަށް އިހުސާސްވެ މުޖުތަމައު އަށް އަނބުރާ އާދެވޭނެ މަގެއް ހޯދައިދޭން. މިކަން ހޯދާއިރު އަޅުގަނޑުމެންގެ ވިސްނުމެއް އެއީ ޖަލުގައި ކުރާ ހުރިހާ މަސައްކަތެއް ކާންބޯން ދިނުމުން ފެށިގެން ޖަލު ސާފުކުރުމާއި ހިސާބަށް މެއިންޓަނަންސް މަސައްކަތުގެ ތެރެއިން ހުރިހާ އެންމެނަކީ މި ޖަލުގައި ތިބޭ މީހުން ބޭނުންކޮށްގެން ޚިދުމަތްތައް ދެމުން ގެންދާ ގޮތަށް ބައްޓަން ކުރެވޭ ނިޒާމެއް ރިހިބްލިޓޭޝަން ނިޒާމެއް ގާއިމްކުރުން. މިގޮތުން ޖަލު އޮފިސަރުންނާއި ފުލުހުންނާއި ޔުނީފޯމްތައް ފެހުމުން ފެށިގެން އައިސް ކައްކާ ކާން ދިނުމާއި އެއްކޮށް ޕްރެކްޓިކަލް ވޯކްސްތަކާއެކު އެމީހުން ލައްވާ ކުރުވުން އެއީ ސަރުކާރުގެ ވިސްނުމަކީ. ހަމައެއާއެކު މިތަނުން ނިމޭ މީހުންނަކީ އެދާއިރާއަކުން ކޮންމެވެސް ލެވަލްއެއްގެ ސެޓްފިކެޓެއް ލިބި އޭނާ ނުކުމެގެން އައިސް ރާއްޖޭގެ މި އޮތް އިންޑަސްޓްރީގައި ގަބޫލުކުރާ މުޖުތަމައު ބަލައިގަންނަ މީހަކަށް ހާދާފައި ޖަލުން ނެރުން އަޅުގަނޑުމެންގެ ވިސްނުމަކީ
ހޯމް މިނިސްޓަރު އަލީ އިހުސާން

މިނިސްޓަރު އިހުސާން ވިދާޅުވީ ޖަލުގައި މަސައްކަތް ކުރާ ރަނގަޅު ގައިދީންނަށް ރަނގަޅު ފުރުސަތުތައް ލިބޭނެ ކަމަށެވެ. ސެންޓަރަލް ޖަލު ގާއިމްކުރެވި، ޚިދުމަތް ދޭން ފެށުމުން ޖަލުގައި އުޅޭ މީހުންނަކީ އާއިލާއާ ގުޅުން އޮންނަ އާއިލާއާ މުޖުތަމައުއަށް ބޭނުންތެރި އުފެއްދުންތެރި އަދި މުޖުތަމައު އިހުތިރާމް ކުރާ ބަޔަކަށް ވާނެ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
''އޮޕަރޭޝަން ކުރަނގި'' އިން 500ށް ވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ނަގައިފި
ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ގާނޫނީގޮތުން ކުރަން ޖެހޭކަންކަން ފުލުހުން ދަނީ ކުރަމުން: މިނިސްޓަރ
ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތަހުގީގާ ގުޅޭ މައުލޫމާތު ހާމަކުރަން ނިންމީ ކޯޓުތަކަށް ގޮންޖެހުމުގެ ނިޔަތުގައެއް ނޫން: މިނިސްޓަރު އިހުސާން
މާލޭ ސަރަހައްދުން އެކަނި ވެސް ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވޭ: މިނިސްޓަރު އިހުސާން
މަރުކަޒުތަކުގައި ބައިތިއްބާ ކުދިން އެހެން މަރުކަޒުތަކަށް ބަދަލުކުރުމާއި، ޕެރޯލްގެ ދަށުން ދޫކޮށްލުމުގެ ޤަވާއިދަށް އަމަލުކުރަން ފަށައިފި
ނޮވެމްބަރު މަހު 76 މީހަކު ޖަލަށް ލި، 41 މީހަކު ޖަލުން ދޫކޮށްލި
ކަރެކްޝަންސްގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ނިމިދިޔަ 4 އަހަރު ގިނަ މަސައްކަތްތަކެއް ކުރެވުނު: ސީޕީ
ޖަލުތަކާއި ޕެރޯލް ޤާނޫނުގެ ފައިނަލް ޑްރާފްޓް އަންނަ މަހު ނިމިގެންދާނެ: އިމްރާން