ކ. މާލެ
|
3 މެއި 2024 | ހުކުރު 01:41
ލޫކަސް ހެނާންޑޭޒް، ޑޯޓްމުންޑް މެޗުގައި ވެއްޓިފައި. އޭނާގެ ކަކޫ އޮޕަރޭޝަން ކުރާނެ
ލޫކަސް ހެނާންޑޭޒް، ޑޯޓްމުންޑް މެޗުގައި ވެއްޓިފައި. އޭނާގެ ކަކޫ އޮޕަރޭޝަން ކުރާނެ
ގޫގުލް
ޔޫރޯ 2024
ލޫކަސް ހެނާންޑޭޒަށް ޔޫރޯގައި ނުކުޅެވޭނެ
 
އޭނާގެ ވާތު ކަކުލަށް ވަނީ އަނިޔާވެފައި

ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒަށް ކުރިއަށް އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ނުކުޅެވޭނެކަން ޔަގީންވެއްޖެ އެވެ.

އަށާވީސް އަހަރުގެ ކުޅުންތެރިޔާގެ ވާތު ކަކުލަށް އަނިޔާވީ ޗެމްޕިއަންސް ލީގުގައި ފްރާންސްގެ ޕީއެސްޖީ އާއި ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމުންޑް ކުޅުނު މެޗުގަ އެވެ. މެޗުގެ 42 ވަނަ މިނެޓުގައި ކުޅެވޭވަރުނުވެގެން އޭނާ ބޭލުމަށްފަހު ހެދި މެޑިކަލް ޓެސްޓުތަކުން ދައްކަނީ ވާތު ކަކުލުގެ އޭސީއެލް ކަނޑައިގެން ގޮސްފައިވާ ކަމަށެވެ. އޭނާގެ ކުލަބު ޕީއެސްޖީން ބުނީ މި އަނިޔާގެ ސަބަބުން އަލުން ކުޅެން ނުކުތުމަށް ހެނާންޑޭޒަށް ހަޔެއް ނުވަތަ ހަތް މަސް ދުވަސް ބޭނުންވާނެ ކަމަށެވެ.

ހެނާންޑޭޒްގެ ފައި ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭގައި އޮޕަރޭޝަން ކުރާނެ ކަމަށް ވެސް ޕީއެސްޖީން ވަނީ ބުނެފަ އެވެ.

ހެނާންޑޭޒަކީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ފްރާންސްގެ ޓީމުގެ މުހިންމު ކުޅުނެތެރިއެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 38 މެޗު ކުޅެދީފަ އެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ބޮޑުބައެއް އޭނާ އަށް ގެއްލުނީ މުބާރާތުގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިޔާއާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވުމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް