ކ. މާލެ
|
3 މެއި 2024 | ހުކުރު 00:58
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު
ރާއްޖެ އެމްވީ
ބިލުތަކަށް ޑިސްކައުންޓް ދިނުން
ރައީސް ވިދާޅުވި ގޮތަށް ރަމަޟާން މަހުގެ ބިލުތަކުން ޑިސްކައުންޓް ދެވިފައިނުވާކަމަށް އިސް ތަރުޖަމާނު ވިދާޅުވެއްޖެ
 
ރައީސް އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވައިފިކަމަށް ހީނާގެ ޕޯސްޓްގައިވޭ

ފާޑުކިއުން އަމާޒުވުމުން، ބޮޑުވި ކަރަންޓު ބިލްތަކުން ޑިސްކައުންޓު ދޭން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވިގޮތަށް ރަމަޟާން މަހުގެ ބިލުން ޑިސްކައުންޓް ދެވިފައިނުވާތީކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރަމަޟާން މަހު ފެނާއި ކަރަންޓް ބިލަށް ލުޔެއް ދިނުމަކީ ރައީސް ޑރ މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. އެގޮތުން ފެނާއި ކަރަންޓު ބިލުތަކުން، ރައީސް މި އެދިވަޑައިގެންނެވި ގޮތަށް، ލުއިދެވިފައި ނުވާކަން ފާހަގަކުރެއްވޭތީ، މިކަން ޙައްލުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވާ ކަމަށެވެ.

އެކްސްގައި ހީނާ މި ޕޯސްޓް ކުރެއްވުމުގެ ކުރިން ސްޓެލްކޯއިން ފޮނުވާފައިވާ ބިލްތަކުން ޑިސްކައުންޓް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެޕޯސްޓްގައި ފަހުމީ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓަށް ޑިސްކައުންޓު ދިނުމަށް ސްޓެލްކޯއިން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ފޮނުވާފައިވާ ބިލްތައް ވެސް މި ބަދަލާ އެއްގޮތަށް އަދާހަމަކުރުމަށްފަހު ވީއެންމެ އަވަހަކަށް ކަސްޓަމަރުންނަށް ފޮނުވާނެ ކަމަށެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބިލްތައް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ ދިފާއު ކުރައްވާ ފަހުމީ ވިދާޅުވެފައިވަނީ ބިލްކޮށްފައިވަނީ ރަނގަޅަށް ކަމަށާއި ރޯދަމަހުގެ ދުވަސްތަކުގެ ތެރޭގައި ހޫނުގަދަ ވުމުގެ ސަބަބުންނާއި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަމަށެވެ.

ފަހުމީ ވިދާޅުވީ ސްޓެލްކޯއިން އަބަދުވެސް ސަރުކާރުން ނިންމާ ނިންމުންތަކަށް ތަބާވާނެ ކަމަށާއި، ރޯދަމަހަށް 20 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދީފައިވާ ކަމަށެވެ. އަދި އަލަށް ކަރަންޓުލި ފަރާތްތައް ވެސް މި ޑިސްކައުންޓް ދިން ކަމަށް ފަހުމީ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް