ކ. މާލެ
|
30 އޭޕްރިލް 2024 | އަންގާރަ 11:31
2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެޓިވީ ރޯކޮށްލާ އަދާ އަޅިއަށް ވަނީ ހަދާލާފައި - ފައިލް ފޮޓޯ
2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެޓިވީ ރޯކޮށްލާ އަދާ އަޅިއަށް ވަނީ ހަދާލާފައި - ފައިލް ފޮޓޯ
ރާއްޖެއެމްވީ
ރާއްޖެޓީވީއަށް އިންޒާރު ދިނުން
ރާއްޖެޓީވީގެ ދުވަސް ދުއްވާލައި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި
 
ރާއްޖެޓީވީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވޭ
 
2013 ވަނަ އަހަރު އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ވެސް ރާއްޖެޓީވީ ހިންގަމުން އައި އިމާރާތް ވަނީ ރޯކޮށްލާފައި
 
އިންޒާރު ދީފައިވަނީ ލައިޝާއަށް އިންސްޓަގްރާމް މެދުވެރިކޮށް ކޮށްފައިވާ ކޮމެންޓެއްގައި

ރާއްޖެޓީވީގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއުއަށް ރާއްޖެޓީވީގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒުމީ ސައީދު ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ރާއްޖެޓީވީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއް ކަމުގައިވާ ސީނިއަރ ވީޑިއޯ ޖަރނަލިސްޓް ލައިޝާ އަހުމަދުއަށް އިންސްޓަގްރާމް މެދުވެރިކޮށް 28 އޭޕްރީލް 2024 ވަނަ ދުވަހު 21:43 ގައި ކޮށްފައިވާ ކޮމެންޓެއްގައި ރާއްޖެޓީވީގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެ މީހަކު އިންޒާރު ދީފައިވާ ކަމަށެވެ.

އެފަރާތުން ވަނީ ރާއްޖެޓީވީގެ މުވައްޒަފު ލައިޝާއަށް ނިސްބަތްކޮށް 'މިފަހަރު ހޭއަރުވާލާނެ' ކަމަށް ވެސް ބުނެފައެވެ. އެފަރާތުން ދީފައިވާ އިންޒާރުތަކަށް ބަލާއިރު، މިއީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބެލެވޭތީ މިކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދިފައިވެއެވެ. އަދި ރާއްޖެޓީވީއަށާއި، ރާއްޖެޓީވީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބެންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އޮކްޓޫބަރު މަހު 7 ވަނަ ދުވަހު ވެސް ރާއްޖެޓީވީ ހިންގަމުން އައި ހ.ކްއީން އޮފް ދަ ނައިޓް (ބީކޭޓީ ބިލްޑިންގ) އިމާރާތަށް ހަތިޔާރާއެކު ބަޔަކު ވަދެ ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލުމުގެ ސަބަބުން ރާއްޖެޓީވީއަށް އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް ލިބިފައިވާކަން މި ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

ރާއްޖެޓީވީ ރޯކޮށްލުން - ރާއްޖެއެމްވީ

މިހާދިސާއަށް 11 އަހަރު ވެގެންދިޔައިރު މިއަނިޔާވެރި ހުދުމުހުތާރު އަމަލުގެ ސަބަބުން ރާއްޖެޓީވީއަށާއި މިސްޓޭޝަނުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ގެއްލުންތަކަށް އިންސާފު ލިބިފައިނުވާ ކަމަށް މި ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އެދުވަހުވެސް ރާއްޖެޓީވީގެ ޚިދުމަތް ދެމުންދިޔަ އިމާރާތުގައި ހުޅުޖަހާ ބަޔަކު ރޯކޮށްލީ ޓެރަރިޒަމްގެ އަމަލު ހިނގުމުގެ ކުރިން އެފަދަކަމެއް މެދުވެރިވެދާނެ ކަމަށް ޝައްކުކުރެވޭ ފަދަ މައުލޫމާތުތަކެއް ލިބުމާއި ގުޅިގެން ރާއްޖެޓީވީގެ ފަރާތުން އެކަން ފުލުހުންގެ ސަމާލުކަމަށް ލިޔުމުން އަންގާފައިވަނިކޮށް ކަމަށް ސިޓީގައި ބުނެފައިވެއެވެ. ނަމަވެސް އެކަމުގައި އޭރު އެކަށީގެންވާ ފިޔަވަޅުތަކެއް ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކުން އެޅިނަމަ މިސްޓޭޝަނަށް އެވަރުބޮޑު ގެއްލުމެއް ލިބުމަކީ ނާދިރު ކަމެއްކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން މިފަދަ ފަރާތްތަކުން ދެމުންދާ އިންޒާރު ސީރިއަސް ކަމާއެކު ބަލައި، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދުމަށް ވަނީ އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
20%
0%
40%
40%
0%
0%
ކޮމެންޓް