ކ. މާލެ
|
28 އޭޕްރިލް 2024 | އާދީއްތަ 09:11
ޤަރުނުތަކެއް ވެފައިވާ އަދި ނެތިގެން ގޮސްފައިވާ ބައެއް ގަސްގަހާގެހީގެ ސާމްޕަލްތައް ހިމެނޭ ގޮތަށް ގިނަ ބާވަތްތަކަކުން ޑީއެންއޭއިން އައު ޖީނޮމިކް އުކުޅުތަކެއް ވެސް މި ދިރާސާގައި ވަނީ ބޭނުންކޮށްފައި
މާމެލާމެލީގެ ބޭސްފަރުވާ
މާމެލާމެލިން ބޭސްވެރިކަން ކުރަންވެސް އޭއައި!
 
މާމެލާމެލީގެ ބާވަތްތަކުން ބޭސް ފަރުވާއަށް ބޭނުން ހިފިދާނެ އިތުރު ވައްތަރުތައް ދެނެގަތުމަށް، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށް ގެންދާ ދިރާސާއަކީ ބައިނަލްއަޤުވާމީ ފެންވަރުގެ މަސައްކަތެއް
 
ދިރާސާގެ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، 9500 އަށް ވުރެ ގިނަ ބާވަތުގެ މާ ގަސްތަކުގެ ޑީއެންއޭ ސީކުއަންސިންގް ވަނީ ހަދާފައި
 
އޭގެ ތެރެއިން 800 ބާވަތެއްގެ ޑީއެންއޭ ސީކުއަންސިންގް ހެދި، މިއީ ފުރަތަމަ ފަހަރު

މަސްނޫޢީ ތޫނުފިލިކަން ނުވަތަ އަރޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެ މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުރިއެރުން ހޯދަމުންނެވެ. ޤާނޫނީ ގޮތުން ކަންބޮޑުވުންތަކެއް ހުރިކަމުގައި ވީ ނަމަވެސް، ދިރިއުޅުމުގެ އެކި ބަހާތަކަށް އޭއައި ޓެކްނޮލޮޖީ ތަޢާރަފު ކުރަމުން ގޮސް، ޤަދީމީ ބޭސްވެރިކަމުގެ ތެރެއަށްވެސް އެންމެ ފަހުން އެކަން މިއޮތީ ވައްދާފައެވެ. ސައެންސްވެރިން މިހާރު ޢަމާޒު ހިފާފައި ވަނީ، މާމެލީގެ ނަސްލީ ވަންހައިގެ އިތުރު ދިރާސާތަކެއް ހަދާ، ބޭސް ފަރުވާއަށް ބޭނުން ހިފިދާނެ އައު ބާވަތައްތައް ހޯދުމަށެވެ.

މާމެލާމެލީގެ ބާވަތްތަކުން ބޭސް ފަރުވާއަށް ބޭނުން ހިފިދާނެ އިތުރު ވައްތަރުތައް ދެނެގަތުމަށް، އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރިއަށްގެންދާ ދިރާސާއަކީ ބައިނަލްއަޤުވާމީ ފެންވަރުގެ މަސައްކަތެކެވެ. ދިރާސާގެ މަސައްކަތުގައި އިސްކޮށް އުޅެނީ ރޯޔަލް ބޮޓޭނިކް ގަރޑަންސް (އާރްބީޖީ)ގެ ޓީމަކުންނެވެ. ދިރާސާގެ މަސައްކަތްތައް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު، 9500 އަށް ވުރެ ގިނަ ބާވަތުގެ މާ ގަސްތަކުގެ ޑީއެންއޭ ސީކުއަންސިންގް ވަނީ ހަދާފައެވެ. އޭގެ ތެރެއިން 800 ބާވަތެއްގެ ޑީއެންއޭ ސީކުއަންސިންގް ހެދި، މިއީ ފުރަތަމަ ފަހަރެވެ.

ޑރ މެލަނީ-ޖޭން ހޯވްސްއަކީ އާރްބީޖީގެ ސީނިއަރ ރިސަރޗް ލީޑަރއެވެ. މާމެލާމެލިގެ ގަސްތަކުގެ ޑީއެންއޭ ސީކުއަންސް ކުރުމުގެ ދިރާސާގެ އިސް މުސައްނިފަކަށް ނުވި ނަމަވެސް، ޑރ ހޯވްސްގެ އަމިއްލަ ދިރާސާއެއްގައި އެ މަޢުލޫމާތު ބޭނުން ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މާމެލާމެލިގެ ގަސްތަކުގެ ޑީއެންއޭ ސީކުއަންސިންގް ހަދާ، ގަސްގަހާގެއްސަށް އައިސްފައިވާ ބަދަލުތަކެއް ދެނެގަނެ، ބޭސްވެރިކަމުގައި ބޭނުން ހިފިދާނެ މާއްދާ ހުރި މިންވަރު ބަޔާންކުރާ ތަފްސީލީ ޗާޓެއް އެކުލަވާ، ތަރައްޤީ ކޮށްފައި ވަނީ 1.8 ބިލިއަނެއްހާ އަކުރުތަކެއްގެ މައްޗަށް ބިނާވެފައި އޮތް ޖެނެޓިކް ކޯޑް ބޭނުން ކޮށްގެންނެވެ.

އެހެންވީމާ، މި ޑޭޓާސެޓުން، ގަސްގަހާގެހި ގުޅިފައިވާ ގޮތުގެ ޞައްޙަ މައުލޫމާތު ދެނެގަނެގެން، މިއީ ގަސްގަހާގެހި އުފެދިފައި ހުރެދާނެ ގޮތާއި، މިސާލަކަށް، އދިރިހުރުމަށް މަގުފަހިކޮށްދިން އެއްގޮތް ސިފަތަކެއް ހުރެދާނެ ގޮތްތައް ހޯދިދާނެ. އާންމު ސިފަތަކަކީ ކޮބައިކަން ދެނެގަތުމަށް އެހީތެރިވުމަށް ދިމާވާ ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ ފުރުސަތު އެބައޮތް... މިއީ ގަސްގަހާގެހީގެ ދިރިއުޅުމުގެ ވަނަވަރު އަންގައިދޭ ފެމިލީ ޓްރީއެއް.
ޑރ މެލަނީ-ޖޭން ހޯވްސް؛ އާރްބީޖީގެ ސީނިއަރ ރިސަރޗް ލީޑަރ

ބޭސްވެރިކަމުގައި ބޭނުން ހިފިދާނެ ކަން މިހާތަނަށް ދެނެގަނެވިފައިވާ ބާވަތްތަކާއި، ޖެނެޓިކް ސީކުއަންސްތައް އަޅާކިޔައިގެން، މިހާތަނަށް ހޯދިފައި ނެތް ދާއިރާތަކުން އައު ފަރުވާތަކެއް ހޯދިދާނެ ކަމުގެ އުންމީދު އެބަ އޮތެވެ. ޖެނެޓިކް ސީކުއަންސްތައް އަޅާ ކިއުމުގެ މަސައްކަތުގެ ތެރެއިން، އައު ފަރުވާއަށް ހުރި ފުރުޞަތުތައް އަންދާޒާ ކުރުމުގެ މަސައްކަތް ކުރަނީ އޭއައި ޓެކްނޮލޮޖީގެ އެހީގައެވެ.

ޢަދަދަށް ބަލާއިރު ފުދޭ ވަރަކަށް ބޮޑު ޢަދަދެއްގެ، 350000 ވައްތަރުގެ މާގަސްތަކުގެ ތެރެއިން ބޭސްވެރިކަމުގެ ރޮނގުން ބޭނުން ހިފިދާނެ ގަސްތަކަކީ ކޮބައިކަން ދެނެގަތުމަށް ސައެންޓިފިކް ފެންވަރުގައި މާ ގިނަ ބާވަތްތަކެއް ޓެސްޓު ކުރެވިފައެއް ނެތް. މިހާ ގިނަ ވައްތަރުތަކެއްގެ ތެރެއިން، ބޭސްވެރިކަމުގައި ބޭނުން ހިފިދާނެ ސިފަތަކެއް ހުރި ގަސްތައް ދެނެގަތުމަކީވެސް ގޮންޖެހުމަށް. ބޭސްވެރިކަމުގެ އަސަރެއް ހުރީ ބަލަންވީ މިތަނުން ކޮން ގަހެއްގެ؟ އެހެންވީމަ، މީ ވަރަށް ބޮޑު މަސައްކަތެއް. އަހަރެން އިސްވެ ކުރިއަށް މި ގެންދާ މަޝްރޫޢަކީ، ގަސްގަހާ ގެހީގެ އެކި ބާވަތްތަކުގައި، ބޭސްވެރިކަމަށް ބޭނުން ހިފިދާނެ މާއްދާތައް ހުރުން ގާތް ގަސްގަހާގެހި ދެނެގަނެވޭނެ ފަދަ ޓެކްނޮލޮޖީއެއް، އޭއައި ޕްލެޓްފޯމުން ތަޢާރަފު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢެއް.
ޑރ މެލަނީ-ޖޭން ހޯވްސް؛ އާރްބީޖީގެ ސީނިއަރ ރިސަރޗް ލީޑަރ

ޤަރުނުތަކެއް ވެފައިވާ އަދި ނެތިގެން ގޮސްފައިވާ ބައެއް ގަސްގަހާގެހީގެ ސާމްޕަލްތައް ހިމެނޭ ގޮތަށް ގިނަ ބާވަތްތަކަކުން ޑީއެންއޭ ސިކުއެންސް ކުރުމަށް، އައު ޖީނޮމިކް އުކުޅުތަކެއް ވެސް މި ދިރާސާގައި ވަނީ ބޭނުން ކޮށްފައެވެ.

އިނގިރޭސިވިލާތުގެ ރޯޔަލް ބޮޓޭނިކް ގަރޑަންސް (އާރްބީޖީ) އިސްވެ އޮވެ ކުރިއަށް ގެންދާ މި އިންޤިލާބީ ދިރާސާގެ ރިޕޯޓެއް، އޭޕްރިލް 24 ވަނަ ދުވަހު، "ނޭޗަރ" ޖަރނަލްގައި ވަނީ ޝާޢިއުކޮށްފައެވެ.

ބޭސްވެރިކަމުގެ ހޯދުންތަކުގެ އިތުރުން އާ ބާވަތްތައް ދެނެގަތުމާއި، ގަސްގަހާގެހި ގިންތިކުރުމުގެ މަސައްކަތް ހަރުދަނާވެ، މާމެލާމެލީގެ ގަސްތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށްވެސް މި ދިރާސާގެ ސަބަބުން އެހީއެއް ލިބޭނެ ކަމަށް ބެލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް