ކ. މާލެ
|
25 އޭޕްރިލް 2024 | ބުރާސްފަތި 13:04
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ކުޅިވަރުގެ ތެރެއިން- ފައިލް ފޮޓޯ
ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި މާލި ކުޅިވަރުގެ ތެރެއިން- ފައިލް ފޮޓޯ
ރާއްޖެއެމްވީ
އަޟްހާ އީދު ފާހަގަކުރުން
އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކުރަނީ ތިން ރަށެއްގައި، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
 
9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް އީމެއިލް ކުރަންޖެހޭ
 
އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދަށް ބަލާނެ
 
އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލާނެ

މި އަހަރުގެ އަޟްހާ އީދު ކުލަ ގަދަކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ތިން ރަށެއްގައި ކަމަށާއި ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބުރާސްފަތި ދުވަހު މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖުން ބުނީ އެ މިނިސްޓްރީއާ ގުޅިގެން މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްހާ އީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްހާ އީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި ކައުންސިލުން ކުރާނެ ޚަރަދުތަކާއި އަދި އަގެއް ނުނަގާ އެރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިއަހަރު އަޟްހާ އީދު ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ.

އެގޮތުން ތިން ރަށެއް ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ހުށަހަޅާ ޕްރޮޕޯސަލްތައް މިނިސްޓްރީގެ ފަރާތުން ބެލުމަށްފަހު އެންމެ ރަނގަޅު ތިން ޕްރޮޕޯސަލެއް ހުށަހަޅާ ތިން ރަށެއްގައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީއާ ގުޅިގެން އަތޮޅުގެ އެއްވެސް ރަށަކުން މިއަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ، އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރުކުރުމަށްފަހު 9 މޭ 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ޕްރޮޕޯޒަލް އީމެއިލް ކުރަންޖެހޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

އީމެއިލް ކުރާނީ [email protected] އަށެވެ. އަދި މިކަމުގައި މިނިސްޓްރީގެ ފަރާތުން ވިލަރެސް ވެރިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިނިސްޓްރީގެ އިވެންޓްސް އެންޑް އައުޓްރީޗު ސެކްޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އައްބާސް މުހައްމަދު އެވެ. އަދި 7699595 މި ނަންބަރަށް ގުޅައިގެން އެހީތެރިކަން ހޯދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ އަޟްހާ އީދު ދުވަހަކީ 17 ޖޫން 2024 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް