ކ. މާލެ
|
23 އޭޕްރިލް 2024 | އަންގާރަ 11:34
ބާސެލޯނާގެ ކޯޗު ޒަވީ
ބާސެލޯނާގެ ކޯޗު ޒަވީ
ޓްވީޓަރ
ބާސެލޯނާ
ޒަވީ ބާސެލޯނާގައި މަޑުކުރަނީ!
 
ޒަވީ މަޝްވަރާކުރާނީ ކުޅުންތެރިން ގަތުމާމެދު

ނިންމުން ބަދަލުކޮށް ބާސެލޯނާގެ ކޯޗުކަމުގައި ދެމިހުރުމަށް ޒަވީ ހަނާންޑޭޒް އެއްބަސްވެ، ކުލަބުގެ ރައީސް ހުއާން ލަޕޯޓާއާ މަޝްވަރާކުރަން އެއްބަސްވެއްޖެ އެވެ.

ޒަވީ އާއި ލަޕޯޓާގެ ބައްދަލުވުމަށް އިސްވެ އެދުނީ ޒަވީ ކަމަށް ސްޕޭނުގެ ނޫސްތަކުން ބުނެ އެވެ. އަދި މި ބައްދަލުވުމުގައި މަޝްވަރާކުރާނީ ޒަވީ ކޯޗުކަމުގައި މަޑުކުރާނަމަ ކުރިއަށް އޮތް ސީޒަނުގައި ޓީމު ބައްޓަންކުރާނެ ގޮތަކަމާދުގަ އެވެ. ޒަވީ ކުލަބުގައި މަޑުކުރުވަން އެންމެ ބޮޑަށް ބޭނުންވާ މީހަކީ ވެސް ލަޕޯޓާ އެވެ. އޭނާ ވަނީ އެހެން ކޯޗަކު ހޯދާނީ ޒަވީ މަގާމުގައި ދެމިހުރުމަށް އެއްބަސްނުވާނަމަ އެކަނި ކަމުގައި މިގެ ކުރިން ވެސް އެތައް ފަހަރަކު ބުނެފަ އެވެ.

ޒަވީ ބާސެލޯނާގެ ކޯޗުކަމުގައި މި ސީޒަނަށް ފަހު ނުހުންނާނެ ކަމަށް ބުނެ އެކަން އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ. އެއީ ޓީމުގެ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. ނަމަވެސް އޭނާގެ މި ނިންމުމާއެކު ކުޅުންތެރިން ވަނީ ޒަވީ ކޯޗުކަމުގައި މަޑުކުރަން އެދި ނަތީޖާތައް ވަރަށް ބޮޑަށް ރަނގަޅުކޮށްފަ އެވެ.

ނަމަވެސް އަންނަ ސީޒަނުގައި ކޯޗުކަމުގައި ޒަވީ ހުންނާނެކަން އެނގޭނީ އޭނާ ބޭނުންވާ ޑިމާންޑްތަކަށް ކުލަބުން އެއްބަސްވާނަމަ އެވެ. އެއީ ޓީމު ވަރުހަދަ ކުރުމަށް މޮޅު ކުޅުންތެރިން ހޯދުމެވެ. ޒަވީ އެންމެ ބޮޑަށް ހިތްހަމަނުޖެހުނީ މި ސީޒަނުގައި އޭނާ ބޭނުންވި ކުޅުންތެރިން ނުގެނެވުމުންނެވެ. ބާސެލޯނާއިން މި ސީޒަނަށް ހަރަދުކުރީ އެންމެ ހަތަރު މިލިއަން ޔޫރޯ އެވެ. އެއީ އޮރިއެލް ރޮމެއު ގަތުމަށެވެ. ޓީމާ ދެން ކުޅުނު ޔާއޯ ފެލިކްސް އާއި ޔާއޯ ކަންސެލޯ އައި ލޯނު އުސޫލުންނެވެ. އިކާއީ ގުންޑޮގަން އައީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޒަވީ އެދުނު ނަމަވެސް ބާސެލޯނާ އަށް ކުޅުންތެރިން ގަތުމަށް ފައިސާ ހޯދުން ދަތިވާނެ އެވެ. އެކުލަބުން ބަލަމުންދަނީ ސްޕޮންސާޝިޕް ފައިސާ އިތުރުކޮށް އެ ފައިސާއިން ކުޅުންތެރިން ގަތުމަށް ހޭދަކުރުމަށެވެ. އޭނާ ކޯޗުކަމުގައި ނުހުންނަނަމަ ބާސެލޯނާއިން އިސްކަންދޭނީ ޔޫތު ޓީމުގެ ކޯޗު ރަފޭލް މާކޭޒް ކޯޗުކަމަށް ގެނައުމަށެވެ. އެއީ އެހެން ކޯޗަކު ގެންނަކަމަށްވާނަމަ ދައްކަންޖެހޭ ޓްރާންސްފާ ފީ ބޮޑުވުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް